Last Updated: January 29, 00:44
Tuesday, January 28, 2025
ޚަބަރު

ވަޅޯމަސް ދަޅާއި ލޮނުމެދު މަސްދަޅު ނެރެފި

މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ހިންގި ހަރަކާތްތަކުގެ ތެރޭގައި މިފްކޯ އިން އާ ދެ އުފެއްދުމެއް ނެރެފި އެވެ.

އިއްޔެ ގދ. ފަރެސްމާތޮޑާގައި ކުރިއަށް ގެންދިޔަ މަސްވެރިންގެ އެކްސްޕޯގެ ތެރޭގައި މިފްކޯގެ "ފަސްމީރު" ބްރޭންޑްގެ ދަށުން ނެރުނު ދެ އުފެއްދުމަކީ ވަޅޯމަސް ދަޅާއި ލޮނުމެދު މަސްދަޅެވެ. މި އުފެއްދުންތައް ނެރެދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މިހާރު ވެސް މަހާ ގުޅޭ ގިނަ އުފެއްދުންތަކެއް ނެރެފައިވާ މިފްކޯ އިން ބުނީ ލޮނުމެދު މަސްދަޅަކީ، ގިތެޔޮމިރުސް މަސްދަޅާއި ހިކިމިރުސް މަސްދަޅާ އެއްގޮތައް ލޮނުމެދު ހިމަނައިގެން އުފައްދާފައިވާ ވަރަށް ރަހަމީރު އުފެއްދުމެއް ކަމަށެވެ. އަދި މިއީ ބަތާއި އެއްކޮށް ކެއުމަށާއި ފާސްތާ އާއި ނޫޑްލްސް ފަދަ އެއްޗެހި ތައްޔާރުކުރަން ވެސް ވަރަށް ފުރިހަމަ އުފެއްދުމަކަށް ވާނެ ކަމަށް ބުންޏެވެ.

ވަޅޯމަސް ދަޅަކީ ގިނަ ދުވަހު ހަލާކު ނުވެ ހުންނަ، ވަގުތުން ބޭނުންކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ. މަސްދަޅު. މި މިމަސްދަޅު ތައްޔާރުކޮށްފައި ވަނީ މިފްކޯއިން އުފައްދާ ސިއްހަތައް ރަނގަޅު އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ވަޅޯމަސް ޒައިތޫނި ތެލުގައި ބަންދުކޮށްގެންނެވެ.