އަންނަ ހޯމަ ދުވަހު ފަށާ އޭއެފްސީ ޗެލެނެޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ޕްރެކްޓިސް ކުރަން ހަމަޖެހިފައިވާ މީދޫ ފުޓްބޯޅަ ދަނޑު ތައްޔާރު ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އިއްޔެ ބައިވެރިވެއްޖެ އެވެ.
މީދޫ ފުޓްބޯޅަ ދަނޑު ތައްޔާރު ކުރުމަށް ކުރެވެމުންދާ މަސައްކަތުގައި، ދަނޑު ވަށައިގެން ވިނަނޮޅާ ސާފު ކުރުމާއި، ދަނޑުގެ އަރިމަތީގައި ހުރި ގާތައް ނެގުމުގެ އިތުރުން، ދަނޑު ހަލާކުވެފައިވާ ތަންތަނުގައި ޕެޗްއެޅުމާއި ދަނޑަށް ފެންޖެހުމުގެ މަސައްކަތްކޮށްފައިވެ އެވެ.
އޭއެފްސީ ޗެލެނެޖް ކަޕް ފުޓްބޯޅަ މުބާރާތަށް ހުޅުމީދޫ ދަނޑުގައި ކުރެވެމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ސަދަން އޭރިއާއިން 60 ސިފައިން ބައިވެރިވެފައި ވެ އެވެ.