Last Updated: October 19, 05:53
Saturday, October 19, 2024
ޚަބަރު

ހިތަދޫ ސްކޫލްގައި ފަޔަ ސޭފްޓީ ކުލާހެއް

އައްޑޫ ހިތަދޫ ސްކޫލްގެ ކަބް ސްކައުޓުންނަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ފަޔަ ސޭފްޓީ ކުލާހެއް ނަގައިދީފި އެވެ.

ހިތަދޫ ސްކޫލުގައި މިއަދު ކުރިއަށް ގެންދިޔަ ކުލާހުގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދީފައިވެ އެވެ. މީގެ އިތުރުން ފަޔަ ފައިޓަރުންގެ ޒިންމާތަކާއި ގުޅޭ ގުޅޭ ގޮތުން ވެސް މަޢުލޫމާތު ދީފައިވެ އެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހިތަދޫ ފަޔަ ސްޓޭޝަންގެ ފަޔަމަނުން މައުލޫމާތު ދިން ކުލާހުގައި 60 ކަބް ސްކައުޓުން ބައިވެރިވި އެވެ.