Last Updated: December 24, 21:18
Tuesday, December 24, 2024
ޚަބަރު

މައުމޫން މިލަންދޫ އަށް، ރަތްދޫލައިގެ މަރުހަބާ އެއް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ށ.މިލަންދޫ އަށް ވަޑައިގެންފި އެވެ.

މައުމޫން މިލަންދޫ އަށް ވަޑައިގެންނެވުމުން ސަގާފީ ގޮތަކަށް އެމަނިކުފާނަށް ވަނީ ރަތްދޫލައިގެ މަރުހަބާއެއް ކިޔާފަ އެވެ. މައުމޫނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ އާންމުން އެ ރަށު ބަނދަރު ސަރަހައްދަށް ޖަމާވެފައިވެ އެވެ.

މައުމޫން ނިސްބަތްވެވަޑައިގަންނަވާ އެމްއާރްއެމުން ބުނީ މިއީ މިލަންދޫގައި މީހުން ވަޒަންވެރިވި ދުވަސް ފާހަގަކުރުމަށް ބާއްވާ ޙަފްލާ ޝަރަފުވެރިކޮށް ދެއްވުމަށް، މިލަންދޫ ކައުންސިލާއި ރައްޔިތުންގެ ދަޢުވަތަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިލަންދޫ އާބާދުކޮށް، ށ. މާކަނޑޫދޫ ރައްޔިތުން އެ ރަށުގައި ވަޒަންވެރި ކުރުމުގެ މަސައްކަތަކީ ރައީސް މައުމޫންގެ ޒައާމަތުގައި ފަށައި، އެއްކޮށް ނިންމުނު މަސައްކަތެކެވެ.

މިއީ ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ އަތޮޅަކަށް މައުމޫން ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.