އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓު އިންތިހާބުގެ ކެމްޕޭނަށް ރައީސް މުހައްމަދު ނަޝީދު މިއަދު ތިލަދުންމައްޗަށް ފުރާވަޑައިގެންފި އެވެ.
ނަޝީދުގެ މި ދަތުރުގައި މިއަދު ފުރަތަމަ ވަޑައިގަންނަވާނީ ހއ. ހޯރަފުއްޓަށެވެ. އޭގެ ފަހުން އަތޮޅުގެ އެހެން ރަށްތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ނަޝީދު ވަނީ ރޭ ކެމްޕޭން ރަސްމީކޮށް މާލޭގައި ފައްޓަވައިފަ އެވެ. ސަލްޓަން ޕާކުގައި ކެމްޕޭން ފެށީ "ފިކުރެއްގެ ދިރުން" ސްލޯގަން ގެ ދަށުންނެވެ.
ރައީސް ނަޝީދުގެ ތިލަދުންމަތީ ދަތުރުފުޅު.
29 – 31 ޑިސެމްބަރ 2022.#Anni2023 #FikurehgeDhirun pic.twitter.com/Tft4MKsS9f— Hassan Latheef🎈 (@HassanLatheef) December 29, 2022
މި ފަހަރުގެ އިންތިހާބުގައި ނަޝީދު ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެވެ. ރޭގެ ޖަލްސާގައި ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި ޓެކްސް ކުޑަކޮށް ރައްޔިތުން ބޭނުންވާ ފަދަ ވެރިކަމެއް ކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އޮތީ އަންނަ މަހުގެ 28 ގަ އެވެ.
ނަޝީދަށް ތާއީދު ކުރާ މީހުން ތުހުމަތު ކުރާގޮތުގައި އެމްޑީޕީގެ ދަފުތަރުން ގިނަ މެމްބަރުން އުނިކޮށް، އެ ދަފުތަރު ވަނީ ގަޑުބަޑުކޮށްފައެވެ.