އިންޑިއާގެ ބޮޑު އިވެންޓެއް މި މަހު މާލޭގައި ބާއްވަން ނިންމައި އެ އިޝްތިހާރުކުރަން ފަށައިފި އެވެ.
އިންޑިއާގެ ފުރަތަމަ ސެލެބްރިޓީ ކާނިވަލްގެ ނަމުގައި އުފައްދާފައިވާ "ޓޯނިވަލް" މާލޭގައި ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 27-29 އަށެވެ.
ތަފާތު އެކި ހަރަކާތްތަކާ އެކީ މާލޭގެ ރަސްމީ ބޯޅަދަނޑާއި ދަރުބާރުގެ ގޭގައި ވެސް ޓޯނިވަލްގެ އިވެންޓްތަކެއް ކުރިއަށް ދާނެ ކަމަށް ބުނެފައިވެ އެވެެ. އޭގެ ތެރޭގައި އިންޑިއާ އާއިު ރާއްޖެ ކުޅޭ ފުޓްބޯޅަ މެޗަކާއި މިއުޒިކް ޝޯ އާއި އެކްސްޕޯ ވެސް ހިމެނެ އެވެ.
މި ޓޯނިވަލްގައި އިންޑިއާގެ ބައެއް ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން ވެސް ބައިވެރިވާނެ އެވެ. އަދި އެ މީހުން ރާއްޖެ އަންނާނެ ވާހަކަ ޓޯނިވަލްގެ ސޯޝަލް މީޑިއާގައި އެކައުންޓްތަކުގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. އެގޮތުން މިހާރު ވަރަށް މަދުން ނޫނީ ފިލްމުތަކުން ނުފެންނަ އެކްޓަރު އަފްތާބް ޝިވްދަސާނީ އާއި "3 އިޑިއަޓްސް" އާއި "ހޭޓް ސްޓޯރީ 3" އާއި "ގޯލްމާލް" ފްރެންޗައިޒްގެ ފިލްމުތަކުގައި މަަސައްކަތްކޮށްފައިވާ ޝަރުމަން ޖޯޝީ އާއި ސަޕޯޓިން ރޯލުތައް ކުޅޭ އެކްޓަރު ރޯނިތު ރޯއި ހިމެނެ އެވެ.
ޓޯނިވަލްގައި ބައިވެރިވާ ލަވަކިޔުންތެރިންގެ ތެރޭގައި ބޮލީވުޑްގެ އެތައް ފިލްމަކަށް ލަވަކިޔާފައިވާ ޕަލަކް މުއްޗަލް އާއި އޭނަގެ ކޮއްކޮ މިއުޒިކް ޑައިރެކްޓަރު/ފިލްމު ޑައިރެކްޓަރު ޕަލާޝް މުއްޗަލް ފަދަ ފަންނާނުން ހިމެނެ އެވެ.