Last Updated: November 23, 13:49
Saturday, November 23, 2024
ޚަބަރު ހަންކެޑެ

އައްޑޫ ބްރިޖްގެ މަސައްކަތް މެކުހަށް

ހަންކެޑެ ބްރިޖްގް މަސައްކަތް / ފޮޓޯ: އައްޑޫލައިވް

ވެން އޫޑުން އަމަލީ މަސައްކަތް ފެށުމާއި އެކު ހަންކެޑެ ބްރިޖްގެ މަސައްކަތް ބާރަށް ކުރިއަށް ދާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން ހާމަކޮށްފިއެވެ.

އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ މަސައްކަތްތަކާއި ގުޅޭގޮތުން އައްޑޫލައިވްއާއި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި އައްޑޫ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓްގެ ވެރިޔާ އަބްދުﷲ ސޯދިޤް، ސޯބެ ވިދާޅުވީ ބްރިޖްގެ މަސައްކަތް ފެށިގެން ވަރަށް ބާރަށް ކުރިއަށް ގެންގޮސް ވަކި ހިސާބަކުން މަޑު ޖެހުނު ކަމަށެވެ. ނަމަވެސް ވެން އޫޑުގެ މަސައްކަތް ނިމުނުހައި އަވަހަށް ބްރިޖްގެ މަސައްކަތް ބާރަށް ކުރިއަށް ދާނެ ކަމަށް ވިދާޅުއެވެ.

ބްރިޖްގް މަސައްކަތް މަޑު ޖެހުނަސް މިހާރު ކުރިއަށް!

ޕެލްނީންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސާދިޤް / ފޮޓޯ: އައްޑީޫލައިވް

ބްރިޖްގް މަސައްކަތް ފެށިގެން ފުރަތަމަ ކުރިއަށް ދިޔައީ ޕައިލިންގް މަސައްކަތެވެ. މިގޮތުން ޖުމްލަ 144 ތަންބެއް ޖަހަން ހަމަޖެހިފައިވާއިރު މިމަސައްކަތް މިހާރު ނިމިފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ. އޭގެ ފަހުން ދެން ކުރިއަށް ދިޔައީ ގާޑް ބީމް ތަކުގެ މަސައްކަތެވެ. މުޅި ޖުމްލަ 300 ގާޑް ކާސްޓު ކުރާއިރު، ގާޑްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ކާސްޓް ކޮށް ނިމިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް މިހާރު އެމަސައްކަތް މަޑު ޖައްސާލާފައި އޮތީ ބްރިޖް ސަރަހައްދު ހިއްކުން ނިމެންދެން ކަމަށް މިނިސްޓްރީން ބުނެއެވެ.

ބްރިޖްގެ މަސައްކަތުގެ ތެރެއިން ވެން އޫޑުން ކުރަން ހަމަޖެހިފައިވަނީ ހިތަދޫ ކޮޅުން ގައުކެނޑި ސަރަހައްދުން ބްރިޖާއި ގުޅުވާއި ބައި ހިއްކައި ހިލަ ޖެއްސުމާއި، މަރަދޫ ކޮޅުން ބްރިޖާއި ގުޅުވާ ސަރަހައްދު ހިއްކައި ހިލަ ޖެއްސުމުގެ އިތުރުން ހަންކެޑެ ހުޅަނގުން އެ ރަށުގެ ރައްކަލަކަށް އަޅާ ބްރިޖްގެ ލޭންޑް ބައި ހިއްކައި ހިއްލަ ޖެއްސުމުގެ މަސައްކަތެވެ.

މިމަސައްކަތް ކުރުމަށް ކުރިއަށް ދެ ހަފްތާ ތެރޭ ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިއާއެކު ދެން އެންމެ ފުރަތަމަ މަރަދޫ ކޮޅުން ބްރިޖްގް މަސައްކަތް ފެށޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހަންކެޑެ ބްރިޖްގް މަސައްކަތް / ފޮޓޯ: އައްޑޫލައިވް

މި ބްރިޖަކީ ލިންކް ރޯޑުން ގޮސް ވަކިން އޮންނަ ރަށެއް ކަމަށްވާ ހަންކެޑެ ބޭރުން ހުޅަނގު ދެކުނުން އަޅާ ބްރިޖެކެވެ. ބްރިޖުގެ ދިގު މިނުގައި 1.4 ކިލޯމީޓަރު ހުންނައިރު މިއީ 4 ލޭނަށް ހަދާ ބްރިޖެކެވެ.
ހަންކެޑެ ބްރިޖްގް މަސައްކަތް / ފޮޓޯ: އައްޑޫލައިވް

ހަނކެޑެ ވަކި ކުރަން ސަރުކާރުން ނިންމާފައިވަނީ ފަތުރުވެރިކަމަށެވެ. މިހާރު ހަނކެޑެ ތެރެއިން ލިންކް ރޯޑު ދިއުމުން ވަކިން އޮންނަ މިރަށުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ނުހިފެއެވެ. މިއާއެކު ބްރިޖް މަސައްކަތް ނިމުމުން ހަންކެޑެ ރިއަލް އެސްޓޭޓް ޓުއަރިޒަމަށް ހުޅުވާލާނެއެވެ. މީގެ އިތުރުން ހަންކެޑެ އަކީ އައްޑޫގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ތަރައްޤީ ކުރަން ވައުދުވި 8000 އެނދުގެ ތެރެއިން އެއްބައިވެސް ތަރައްޤީ ކުރެވޭނެ ރަށެވެ.