Last Updated: April 22, 17:12
Tuesday, April 22, 2025
ޚަބަރު

ވެލާކަހަނބު އެކްސްޕޯޓްގެ ހުއްދަ މަޑުޖައްސާލައިފި

ބައެއް ހާލަތްތަކާ ގުޅިގެން ރާއްޖޭން ވެލާކަހަނބު އެކްސްޕޯޓްކުރަން ދޫކުރަމުން އައި ހާއްސަ ހުއްދަ މިހާރު ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ވެލާކަހަނބުތަކުގެ ތެރެއިން އެކި ބާވަތުގެ އަނިޔާ ލިބުމުގެ ސަބަބުން ނުކުޅެދުންތެރިކަން ލިބިފައިވާ، އަލުން އަނބުރާ އޭގެ ޤުދުރަތީ މާހައުލަށް ދޫނުކުރެވޭ ވެލާ ކަހަނބު ރާއްޖޭން ބޭރުގެ "އެކުއޭރިއަމްތަކަށް" އެކްސްޕޯޓުކުރުމަށް އެ ތަނުން ދޫކުރަމުން އައި ޚާއްސަ ހުއްދަ، ވެލާ ކަހަނބުގެ މެނޭޖްމަންޓް ޕްލޭން ގެޒެޓްކުރެވެންދެން ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ. .

އެހެންވެ ވަކި ގޮތެއް ނިންމައި އީޕީއޭ އިން އަންގައި އިޢުލާން ކުރަންދެން، ހުއްދަ ދޫކުރުން ކުރުން ހުއްޓާލާފައިވާ ކަމަށް ބުންޏެވެ.

ވެލާކަހަނބަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.