Last Updated: August 31, 17:47
Saturday, August 31, 2024
މުނިފޫހިފިލުވުން

މިހާރު "މިރާއީ" ބަލާލެވޭނެ

ބައިސްކޯފުން ރޭ "މިރާއީ" ސީރީޒް ޕްރީމިއާކޮށްފި އެވެ.

މީގެ ފުރަތަމަ އެޕިސޯޑް ބެލުންތެރިންނަށް ދޫކޮށްލި އިރު، މިއީ ވަރަށް ޝައުގުވެރި ސީރީޒަކަށް ވާނެ އެވެ. ކްރައިމް ތުރިލާ ޖޯންރާ އަށް ޑައިރެކްޓަރު އަޒްހާން އިބްރާހީމް ގެނެސްދިން ފުރަތަމަ ސީރީޒް "ދަރަކަ" އަށް ފަހު ބެލުންތެރިންނަށް ދޫކޮށްލި ދެވަނަ ސީރީޒަކީ ވެސް ހަމަ އެ ޖޯންރާގެ އެއްޗެކެވެ.

"މިރާއީ" އަކީ ކުޑަކުއްޖެއްގެ މަރަކާ ވިދިގެން ފެންމަތިވާ އެތައް ކަމެއް ފެނިގެން ދާނެ އެއްޗެކެވެ. އެ މަރުގައި ފޮރުވިފައި ސިއްރުރަކާއި ހަގީގަތް ބަލާލަން ބޭނުން ނަމަ ސީރީޒްގެ ފުރަތަމަ އެޕިސޯޑުން ފެށުން ހަމަ ގައިމު ވެސް މުހިއްމު ކަމަކަށް ވާނެ އެވެ.

އަޒްހާން ލިޔެ، ޑައިރެކްޓްކުރި "މިރާ" އަކީ 13 އެޕިސޯޑްގެ އެއްޗެކެވެ.

މީގެ މައިގަނޑު ކާސްޓުންނަކީ ޒުވާން ތަރިން ކަމަށްވާ ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ޝަރަފު އަބްދުﷲ އާއި މުހައްމަދު އިޝްފާނާއި އަލަށް ތައާރަފުވާ އައިޝަތު ޝާޔާ (ޗޮއްކު) އެވެ. މީގެ އިތުރުން ފިލްމީ ދާއިރާގެ ތަޖުރިބާކާރު ތަރިންތަކެއް ވެސް ހިސީރީޒުން ފެންނާނެ އެވެ. އޭގެ ތެރޭގައި ރަވީ ފާރޫގް، އަހުމަދު ސައީދު އޭނަގެ އަންހެނުން ފާތިމަތު އާޒިފާ (އަޒޫ) ހިމެނެ އެވެ.