Last Updated: October 9, 13:21
Wednesday, October 9, 2024
ޚަބަރު

އަމާރީ ރާޔާ ރިސޯޓަށް މުވައްޒަފުން ހޯދަނީ

މި އަހަރު ހުޅުވަން ހަމަޖެހިފައިވާ އާ ރިސޯޓް، އަމާރީ ރާޔާ އަށް މުވައްޒަފުން ހޯދަން ރެކްރޫމަންޓް ޑޭއެއް ބާއްވަން ނިންމައިފި އެވެ.

މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ހުޅުވަން ތައްޔާރީތައް ވަމުން އަންނަ ރިސޯޓްގެ އެކި ދާއިރާތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ރެކްރޫމަންޓް ޑޭ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 15 ގައި މާލޭގެ ޖެން ހޮޓެލްގައ އެ ދުވަހުގެ މެންދުރު ފަހު 1:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ.

އަމާރީ ރާޔާގެ މެނޭޖްމަންޓުން ބުނީ ވަޒީފާގެ 100 އެއްހާ ފުރުސަތު އެބަހުރި ކަމަށާއި އެ ދުވަހު އެކަމާ ބެހޭ ގޮތުން މައުލޫމާތު ދީ، ވަޒީފާތަކަށް އެޕްލައިކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދީ، ވަގުތުން އިންޓަވިއު ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

ރިސޯޓަށް މުވައްޒަފުން ނަގަން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ފްރޮންޓް އޮފީސް، ހައުސްކީޕިން، އެފްއެންޑްބީ އަދި އިންޖިނިއަރިން ފަދަ ދާއިރާތައް ހިމެނެ އެވެ.

ރ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ އަމާރީ ރާޔާ މޯލްޑިވްސް އަކީ 200 ކޮޓަރީގެ ތަނެކެވެ. މިއީ ރާއްޖޭގައި ހުޅުވާ އަމާރީ ބްރޭންޑްގެ ދެވަނަ ރިސޯޓެވެ.