Last Updated: November 24, 17:05
Sunday, November 24, 2024
ޚަބަރު އެމްޑީޕީ

ނަޝީދުގެ ވެރިކަމަކުން ހަމަޖެހުމެއް ނުލިބޭނެ: ރޮޒޭ

ހަލަބޮލިކަމަށް ލޯބި ކުރާ މީހަކަށް ގައުމަށް ހަމަޖެހުމެއް ގެނެސް ނުދެވޭނެ ކަމަށާއި، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަކުން ގައުމަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ހަމަޖެހުން ގެނެސްދެވޭނީ ހަމަޖެހުމަށް ލޯބި ކުރައްވާ ބޭފުޅަކަށް ކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ހަމަޖެހުމަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ. ރޮޒޭ ވިދާޅުވި ގޮތުގައި ނަޝީދަކީ ހަލަބޮލި ކަމަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އަދި ނަޝީދާ އެކީ ގައުމަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެ އެވެ.


އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު، އޭގައި ވާދަކުރައްވަނީ ނަޝީދާއި ރައީސް ސޯލިހެވެ. ދެ ބޭފުޅުން ވެސް ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.

ކެމްޕޭންގެ ތެރޭގައި ދެ ބޭފުޅުން ގެންދަވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރުގަދައަށް ރައްދު ވެސް ދެއްވަމުންނެވެ.