މާލޭގެ މަގުތަކަށް ފަހަކަށް އައިސް ކުނި ޖަމާކުރާރީ "ކުނިއެޅުން މަނާ" ޖަހާފައިވާ ބޯޓްތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމުގެ މަސައްކަތް ސިޓީ ކައުންސިިލުން ފަށައިފި އެވެ.
އެގޮތުން މިފަދަ 100 އެއްހާ ބޯޑް ހަރުކުރަން ނިންމާފައިވެ އެވެ.
"Kuni elhun manaa" rasmee board thakuge 100 board Male thereygai haru kurun kuriyah dhanee. Natheejaa rangalhuvaanee kuni behettun huttaalaa maguthakakee reethi saafuthaahiru thanthanah hedhun eyee #emmengekameh kamah dhekigen masakkai koggen. pic.twitter.com/gWtK4mwTbF
— Dr Mohamed Muizzu (@MMuizzu) January 12, 2023
މާލޭގެ މޭޔަރު ޑރ. މުހައްދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ބޯޑުތައް ހަރުކުރި ނަމަވެސް އެކަމުގެ ނަތީޖާ ފެންނާނީ ކުނި ބެހެއްޓުން ހުއްޓާލައި މަގުތަކަކީ ސާފުތާހިރު ތަންތަނަށް ހެދުމަކީ އެންމެންގެ ޒިންމާއެއްކަމުގައި ދެކިގެން ކަމަށެވެ. އެންމެންގެ ޒިންމާއެއް ކަމުގައި ދެކިގެން އެކަމަށް މަސައްކަތް ކޮށްގެންކަމަށެވެ.
މާލޭ އަކީ ސާފުތާހިރު ތަނަކަށް ހެދުމަކީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން ކުރިން މާލޭގެ އާންމު ތަންތަން ސާފުކުރަމުން ދިޔަ ވެމްކޯ އަށް މަސައްކަތް ނުކުރެވޭތީ ކައުންސިލުން މިހާރު ވަނީ އެ ޒިންމައާ ވެސް ހަވާލުވެފަ އެވެ.