Last Updated: November 24, 13:27
Sunday, November 24, 2024
މީހުން

ފުލުހުން ހިތަދޫ މީހަކު ހޯދަނީ

ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާ ހިތަދޫ މީހަކު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ހޯދަނީ ހިތަދޫ، ދެކުލައަރާގެ މުޙައްމަދު އަސްލަމް، 22، އެވެ.

އޭނާއަކީ މަސްތުވާތަކެތީގެ ފަރުވާގެ ޕްރޮގްރާމް އިން ވަކި ކުރުމަށް ހުށަހަޅާފައިވާތީ ޑްރަގް ކޯޓުގައި ބޭއްވޭ ޝަރީއަތުގެ އަޑު އެހުމަށް ހާޒިރުކޮށް ދިނުމަށް ކޯޓަށް މީހުން ހާޒިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދު ގެ ޤަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ހަވާލާދީ އެއްމާއްދާގެ (ނ) ގެ ދަށުން ފުލުހުންގެ މައްޗަށް އަމުރު ކުރުމާ ގުޅިގެން ހޯދަމުންދާ މީހެކެވެ.

އެހެންވެ އޭނާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.