Last Updated: December 24, 05:53
Tuesday, December 24, 2024
ޚަބަރު

މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި

ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމް ހޮސްޕިޓަލްގައ އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި އިއްޔެ މައުމޫން އެޑްމިޓްކުރެއްވީ ލޭގެ ޕްރެޝަރ ދަށްވެގެންނެވެ. އަދި އިއްޔެ ހަވީރު އެ ވާހަކަ ޓްވީޓްކުރައްވައި ވިދާޅުވެފައި ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށް ފަހު ބައެއް ޓެސްޓްތައް ހެއްދެވި ކަމަށެވެ.

ނަމަވެސް ރޭ އިރާކޮޅު ކުރެއްވި ޓްވީޓެއްގައި މައުމޫން ވިދާޅުވީ، މިހާރު ހުންނެވީ ގެކޮޅުގައި ކަމަށެވެ.

މައުމޫން، 85، ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެން އާއިލާގެ ބޭފުޅުންނާއި، ރަހްމަތްތެރިންނާއި، އެނޫންވެ ސް ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ފޮނުއްވި މެސެޖުތަކަށް ޝުކުރު ވެސް އަދާކުރައްވައިފައެވެ. އަދި ވަކިން ފަރުވާ ދެއްވި ޑޮކްޓަރުންނާއި ނަރުހުން ބެހެއްޓެވި ގާތް ކަމަށް ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫނަކީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ލީޑަރެވެ.