Last Updated: November 24, 17:50
Sunday, November 24, 2024
ސިއްހަތު

ސިއްހަތަށް ސަމާލުވާން އެހީއެއް

ކޮންމެ އިންސާނަކު ވެސް އެ މީހާގެ ހަށިގަނޑު ރަނގަޅު ސިއްޙަތެއްގައި ބެހެއްޓުމަށްޓަކައި ގިނަގިނަ އިން މޭވާ އާއި ތަރުކާރީ ބޭނުން ކުރަން ޖެހެ އެވެ.

ހަމަ މިއާ އެކު ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ވަރަކަށް ކަސްރަތުކޮށްލުން ނުވަތަ ކޮންމެވެސް ކުޅިވަރެއް ކުޅެލުން، މިއީ ދުނިޔޭގައި އިންސާނާ ގިނަ ދުވަހަށް ރަނގަޅު ސިއްޙަތެއްގައި ހުރުމަށް އެންމެ ބޭނުންވާކަމެވެ.

އިންސާނާގެ ހަށިގަނޑަށް ފައިދާ ހުރި ބާވަތްތައް ބޭނުން ކުރަން އަބަދު ވެސް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ. މިފަދަ ބައެއް ބާވަތްތަކަށް ބަލައިލަމާ ހިނގާށެވެ.

އާފަލުދިޔަ އާއި ރާހުތް

ZZZ (2)

މިއީ ހަންގަނޑު ރީތި ކުރުމަށް މަގުފަހިކޮށް ދިނުމުގެ އިތުރުން ހަޖަމް ކުރަން ފަސޭހަކޮށް ބާވަތްތަކެކެވެ. ހަމުގައި ހުންނަ ސެލްތައް މަރު ނުވެ ގިނަ ދުވަހަށް ހުރުމަށް މަގުފަހިކޮށްދެ އެވެ.

ކެރެޓް

ZZZ (7)

މިއީ އަބަދުވެސް ހަށިގަނޑުގެ ބޭރުފަށަލަ އެކި ކަހަލަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ތަރުކާރީއެކެވެ.

ޗީޒް

ZZZ (4)

ރީތި ހިނިތުންވުމެއް ގެނެސް ދިނުމަށް ޗީޒް ބޮޑު އެހީއަކަށްވެ އެވެ. އަދި އޭގެ އިތުރުން ދަތްތަކަށް ހަމަލާދެވޭ އެކި ކަހަލަ ބެކްޓީރިޔާތަކުން ސަލާމަތްވުމަށް މަގުފަހިކޮށްދެ އެވެ.

ހުތް މޭވާ

ZZZ (1)

ތަފާތު ކުލަކުލައިގެ ތަފާތު ރަހަތަށް ގެނެސްދޭ ހުތް މޭވާގެ ބާވަތްތަކަކީ އަބަދުވެސް މުޅި ހަށިގަނޑުގައިވާ ހަމުގެ ސެލްތައް އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓައިދޭ އެއްޗެކެވެ.

ޓޮމާޓޯ

ZZZ (5)

އިންސާނާގެ ހަށިގަނޑު ރީތިކޮށް ބަހައްޓައި ދިނުމުގެ އިތުރުން މުޅި ހަށިގަނޑަށް ވިޓަމިން އޭ، ވިޓަމިން ކޭ އަދި ޕޮޓޭސިއަމް، ހަށިގަނޑަށް ބޭނުންވާ ވަރަށް ފޯރުކޮށް ދިނުމަށް ޓޮމޯޓާ މަގުފަހިކޮށްދެ އެވެ.

ފެޓް ފްރީ ޔޯގަޓް

JJJ

ފެޓްސް ނުހިމެނޭ ޔޯގަޓުން އިންސާނާގެ ހަށިގަނޑަށް ލިބިދޭ ކެލްސިއަމްގެ ސަބަބުން ދަތްޕިލަ ރީތިކޮށް ބެހެއްޓުމަށް އެހީތެރިވެދެ އެވެ.

ފަޅޯ

ZZZ (3)

ފަޅޮލަކީ އޭގައި ހިމެނޭ ވިޓަމިން އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ހަން އޮމާންކަންމަތީ ހުރުމަށް އެހީވެދޭ މޭވާއެކެވެ.

ލޮނުމެދު

ZZZ (8)

ލޮނުމެދަކީ އިންސާނާގެ ހަށިގަނޑުން ހަލާކުވާ ޓިޝޫތަކާއި ސެލްތައް އުފައްދައި ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ އެއްޗެކެވެ.

ތަރުކާރީ

ZZZ (6)

ތަރުކާރީ އާއި ފެހިކުލަ ގަދަ ފަތް އާއްމުކޮށް ބޭނުން ކުރުމަކީ އިންސާނާގެ ހަށިގަނޑަށް ޖެހޭ ބަލިތަކުން ދިފާޢުވުމާއި ރަނގަޅު ސިއްޙަތެއްގައި ހުރުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.