މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ މަރުވެއްޖެ އެވެ.
އުމުރުން 118 އަހަރުގައި އިއްޔެ މަރުވި މީހާ އަކީ ފްރާންސްގެ ލުސިލް ރޭންޑަން (ސިސްޓަ އެންޑްރީ) އެވެ. އޭނަ އުފަންވީ ފެބްރުއަރީ 11، 1904 ގަ އެވެ. ސިސްޓަ އެންޑްރީ އަށް އެންމެ ދުވަސްވީ މީހާގެ ރެކޯޑް ލިބުނީ ކުރިން އެންމެ ދުވަސްވީ މީހާގެ ރެކޯޑް އޮތް ޖަޕާންގެ ކާނީ ޓަކާނާ އުމުރުން 119 އަހަރުގައި މިދިޔަ އަހަރުގެ އެޕްރީލް 19 ގައި މަރުވުމާ ގުޅިގެންނެވެ.
Guinness World Records is saddened to learn of the passing of the world's oldest person, Sister André (b. Lucile Randon) at the age of 118.https://t.co/xbgvOrqK1u
— Guinness World Records (@GWR) January 18, 2023
ސިސްޓަ އެންޑްރީ އަށް އަށް ގިނިސް ވޯލްޑް ރެކޯޑުން އެންމެ ދުވަސްވީ މީހާ އާއި އެންމެ ދުވަސްވީ އަންހެނާގެ ރެކޯޑް ރަސްމީކޮށް ދިނީ މިދިޔަ އަހަރުގެ އެޕްރީލްގަ އެވެ. އޭނަގެ މަރާ ގުޅިގެން ގިނިސް ވޯލްޑުން ވެސް ހިތާމަ ފާޅުކޮށްފައިވެ އެވެ.
މިދިޔަ އަހަރު ސިސްޓަ އެންޑްރީ އަށް 118 އަހަރު ފުރުމާ ގުޅިގެން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އަތުން ލިޔެފައިވާ ނޯޓަކުން އުފަން ދުވަހުގެ ތަހުނިޔާ ވެސް ކިޔުއްވާފައިވެ އެވެ.