Last Updated: November 26, 19:16
Tuesday, November 26, 2024
މުނިފޫހިފިލުވުން

އެންމެ ގަޔާވާ މީހުންގެ ލިސްޓަށް ވެސް ޝާހް

ދުނިޔޭގައި ތިބި އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުން ދެވަނަ ހޯދި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާނަށް އަނެއްކާ ވެސް އާ މަގާމެއް ކަަށަވަރުވެއްޖެ އެވެ.

މި ފަހަރު އޭނާ ހިމެނުނީ ޓައިމް މެގަޒިނުން އެކުލަވާލާ ދުނިޔޭގެ އެންމެ ނުފޫޒް ގަދަ އަދި ގިނަ ބަޔަކު އެންމެ ގަޔާވާ 100 މީހުންގެ ލިސްޓްގަ އެވެ.

އެ ލިސްޓްގައި ޝާހްރުކާ އެކު އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލް ކަރް ވެސް ހިމެނެ އެވެ.

އިންޓަނެޓްގައި އެންމެ ގިނަ ބަޔަކު އެންމެ ގަޔާވާ 100 މީހުންގެ ލިސްޓްގެ އެންމެ ކުރީގައި ހިމެނެނީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް އެވެ. އެއީ 65.6 ޕޮއިންޓާ އެކުގަ އެވެ. ދެވަނާގައި އޮތީ އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ އެވެ.

ޝާހްރުކް ލިސްޓްގައި ހިމެނުނީ 22.07 ޕޮއިންޓާ އެކުގަ އެވެ. އެއީ ލިސްޓްގެ 99 ވަނަ އެވެ. ސަޗިން އަށް ލިބިފައި ވަނީ 23.98 ޕޮއިންޓެވެ. އެއީ ލިސްޓްގެ 68 ވަނަ އެވެ.

BHNK

ލިސްޓްގެ އެހެން ދަރަޖަތަކަށް ބަލާ އިރު، ހަތަރު ވަނާގައި ހިމެނެނީ މަޝްހޫރު ލަވަކިއުންތެރިޔާ މެޑޯނާ އެވެ. ހަތަރު ވަނާގައި ވެސް އޮތީ ލަވަކިއުންތެރިއެކެވެ، އެއީ ބިޔޯންސޭ އެވެ.

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް އަދި ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަން އަށް ލިބުނީ ލިސްޓްގެ 11 އެވެ.

މި ލިސްޓްގައި ހިމެނޭ މަޝްހޫރު އެހެން ފަރާތްތަަކަށް ބަލާ އިރު، 27 ވަނާގައި އޮތީ ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން އެވެ. ލިސްޓްގެ 61 ގައި އޮތީ ސާބިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިކެވެ.

Russian President Vladimir Putin speaks during his visit to the new studio complex of television channel 'Russia Today' in Moscow
ލިސްޓްގެ 70 ގައި ޕޯޕް ފްރާންސިސް އޮތް އިރު، 77 ގައި އޮތީ ފޯމިއުލާ ވަންގެ ޗެމްޕިއަން އަދި މިހާރު ކޯމާއެއްގައި އޮތް މައިކަލް ޝޫމޭކާ އެވެ.

oprah-winfrey-jpg
އެމެރިކާގެ މަޝްހޫރު ޓީވީ ހޯސްޓް އަދި ބަތަލާ އޯޕްރާ ވިންފްރޭ ހިމެނުނީ ލިސްޓްގެ 95 ވަނައިގަ އެވެ.