Last Updated: April 20, 17:44
Sunday, April 20, 2025
ޚަބަރު

ކޯލިޝަން ހަދަން މައުމޫން "އޯކޭވެއްޖެ"

ރައީސް ނަޝީދު ރައީސް މައުމޫން އާއި ސަލާމް ކުރައްވަނި، ފޮޓޯ: ޝަރަފް/އައްޑޫލައިވް

އެމްޑީޕީ އަށް މިއަދު ކޯލިޝަން ހަދަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް "އޯކޭ" ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށާއި ރައީސް ޔާމީން "އޯކޭ" ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދާދިފަހުން ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ބަލަންވީ ރައީސް ޔާމީން އޯކޭތޯ ނުވަތަ ނޫންތޯ ނޫން ކަމަށާއި ބަލަންވީ ޕީޕީއެމްގެ ސިޔާސަތުތައް ހުރީ ކިހިނެއްތޯ ކަމަށެވެ. އެގޮތުން ޕީޕީއެމްއާއި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާ އަދި ރައީސް މައުމޫންއާ އެއްގޮތްވާ އެއްވެސް ސިޔާސަތެއް އެބައޮތްތޯ ބެލުން މުހިއްމު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އަނިޔާވެރިކަމާ ކޮރަޕްޝަނުގެ ވކަން ފަށައިފިއްޔާ ސަހަލު އެކަކު ވެސް ނެތް ކަމަށާއި އެމްޑީޕީން މިއަދު ކޯލިޝަން ހަދައިގެން ތިބީ ރައީސް މައުމޫނާއެކު ކަމަށެވެ.

"ދެން އަޅުގަނޑު ކީކޭ އެކަމާ ދަންނަވާނީ؟ އޯކޭ ވެފަ މިތިބީ މައުމޫން. ވިސްނާލައްވާ އަޅުގަނޑުގެ ލޭޓް 20ސް 30ސް އެކީގަ ދިޔައީ ގޮޅީގަ. އަނދަގޮނޑި ޖަހާފަ. ޗޭނު ޖަހާފަ ބިޑިއަޅުވާފަ. ދެން އޯކޭ އެކަން. ހަމަ ރައީސް މައުމޫން އޯކޭ." ނަޝީދު ވިދާޅުވި އެވެ.

މިފަދަ ވާހަކަތައް ދެއްކުމުން ހައްތަހާ ގިނަވާނީ ފަސް ކަމަށާއި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނިމިގެން ދިޔަ ގޮތް އެންމެން ވެސް ހަނދާން ހުންނާނެކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ އެކަން ވެސް މިހާރު އޯކޭ ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.