Last Updated: September 20, 11:56
Friday, September 20, 2024
ޚަބަރު

އެޗްއާރްއެޗަށް އޮކްސިޖެން މެޝިނެއް ހަދިޔާކޮށްފި

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށް އަމިއްލަ ފަރާތަކުން އޮކްސިޖަން ކޮންސެންޓްރޭޓަ މެޝިނެއް ހަދިޔާކޮށްފި އެެވެ.

މި މެޝިން ހޮސްޕިޓަލަށް ހަދިޔާ ކުރީ ދާދި ފަހުން އަވަހާރަވި ހިތަދޫ ޗަމްޕާޕޫލްމާގޭ ހަސަން ސައީދުގެ އާއިލާގެ ފަރާތުންނެވެ.

އެ އާއިލާން މެޝިން ހަދިޔާ ކުރީ ހަސަން ސައީދުގެ ދެ ދަރިން ކަމަށްވާ ހުސައިން ސައިދާއި ޔޫސުފް ސައީދެވެ.

އޮކްސިޖަން މެޝިނާ ހޮސްޕިޓަލްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެތަން ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފުސާ އެވެ.

މަރުހޫމް ހަސަން ސައީދުގެ އާއިލާ އިން ބުނީ މިފަދަ މެޝިނެއް ހޮސްޕިޓަލަށް ހަދިޔާ ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އިންސާނިއްޔަތަށް ހިދުމަތެއް ކުރުން ކަމަށެވެ. އަދި މީގެ ސަބަބުން ބައެއްގެ ފުރާނަ ސަލާމަތް ކުރަން އެހީއަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް އެ އާއިލާ އިން ބުންޏެވެ.