Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

އެމްއާރްޑީސީ އާއި ކައުންސިލް ބައްދަލުކޮށްފި

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި އައްޑޫ ސިޓީ ކައުންސިލް އިއްޔެ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

ކައުންސިލް އިދާރާގައި އޮތް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ އެމްއާރްޑީސީން އައްޑޫގައި މި ވަގުތު ހިންގަމުން އަންނަ މަޝްރޫއުތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން އެ ކުންފުނިން ކުރިއަށް ގެންދާ މަަސައްކަތްތަކާ ބެހޭ މައުލޫމާތު ކައުންސިލާ ވަނީ ހިއްސާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ކައުންސިލުން އެމްއާރްޑީސީ އަށް ފޯރުކޮށް ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.

އެމްއާރްޑީސީން އަންނަނީ އައްޑޫގެ ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި، ބެލެހެއްޓުމުގެ އިތުރަށް ހަތަރު ރަށެއްގައި މިހާރު ފުޓްސަލް ދަނޑު ވެސް އަަޅަމުންނެވެ. އެެއީ ހިތަދޫ، މަރަދޫ، ހުޅުދޫ އަދި މީދޫގަ އެވެ.

HNMN (2)

މީގެ އިތުރުން އައްޑޫގައި މިހާރު ތާރު އަޅައިގެން ހަދާފައި ހުރި މަގުތަކުގެ އިތުރަށް، އިތުރު މަގުތަކެއްގައި ތާރު އަޅައިގެން ހަދަން އެމްއާރްޑީސީން ވަނި ނިންމައިފަ އެވެ. އޭގެ ތެެރޭގައި ހިތަދޫ، މަރަދޫ އަދި ފޭދޫން ހޮވާލެވޭ މަގުތަކެއް ހިމެނެ އެވެ.

އެމްއާރްޑީސީ ވަނީ މިދިޔަ މަހުގެ 19-30 އަށް ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗްތައް އައްޑޫގައި ކުޅުނު އިރު، އެ މެޗްތައް ކުޅުނު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގެ ވަށައިގެންވާ މަގުތަކާއި ދަނޑުގެ މަސައްކަތްތައް ވެސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައިކޮށް ނިންމައިފަ އެވެ.