ބޮލީވުޑްގެ ތިން ބަތަލާ އަކު މައިގަނޑު ރޯލުތައް ކުޅެން ހަމަޖެހިފައިވާ ފިލްމު "ދަ ކްރޫ" ގެ އަށް މަޝްހޫރު ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖް ސޮއިކޮށްފި އެވެ.
އޭނަ އަކީ ކުރިން ވެސް ހިންދީ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި "ދަ ކްރޫ" ގެ ކާސްޓްގައި ހިމެނޭ ކަރީނާ ކަޕޫރްގެ 2019 ގެ "ގުޑް ނިއުސް" އާއި 2016 ގެ "އުޅުތާ ޕަންޖާބް" ހިމެނެ އެވެ. "ދަ ކްރޫ" ގެ ކާސްޓަށް ދިލްޖީތު އިތުރުވި އިރު، މީގެ ރޯލެއް ކުޅޭ ބަތަލާ ކްރިތީ ސެނަންއާ އެކީ ވެސް ހުނަރުވެރި އެކްޓަރު މަސައްކަތްކޮށްފައިވެ އެވެ. އެއީ 2019 ގެ "އަރުޖުން ޕަޓިއާލާ" އެވެ.
އޭވިއޭޝަން ދާއިރާގެ ވާހަކައަކަށް ބިނާކޮށް ހަދާ "ދަ ކްރޫ" ގެ ކާސްޓްގައި ތައްބޫ ވެސް ހިމެނެ އެވެ. މި ފިލްމަކީ 2018 ގެ "ވީރޭ ދީ ވެޑިން" އަށް ފަހު އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމެވެ.
އަންނަ މާޗް މަހުގެ ފަހުކޮޅު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ "ދަ ކްރޫ" ގެ ޑައިރެކްޓަރަކީ ރާޖޭޝް ކްރިޝްނަން އެވެ.