Last Updated: November 24, 17:24
Sunday, November 24, 2024
ވިޔަފާރި

މަރަދޫފޭދޫ އެސްޓީއޯގައި ޕްރޮމޯޝަނަލް އިވެންޓެއް

އެސްޓީއޯ އިން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަނާ ދިމާކޮށް، މަރަދޫފޭދޫގައި ހުންނަ އެސްޓީއޯ އިން މިއަދު ހަވީރު ހާއްސަ ޕްރޮމޯޝަނަލް އިވެންޓެއް ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

މި ހަރަކާތް އޮންނާނީ ހަވީރު 4:00 އިން 6:00 އަށެވެ.

އެސްޓީއޯ އިން ބުނީ މިއަދު ކުރިއަށް ގެންދާ ހަރަކާތުގެ ތެރޭގައި އެތަނުން ވިއްކާ ފިލިޕްސް ބްރޭންޑާއި މަކިޓާ ބްރޭންޑްގެ ތަފާތު އުފެއްދުންތަކާ ބެހޭ މައުލޫމާތު ކަސްޓަމަރުންނަށް ދީ އެތަކެތި ޓެސްޓް ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.

އެގޮތުން ފިލިޕްސް ބްރޭންޑްގެ ބަދިގެ ސާމާންތައް ބޭނުންކޮށްގެން ތަފާތު ކާނާތަކާއި ބުއިންތައް ތައްޔާރުކޮށް، ކަސްޓަމަރުންނަށް ރަހަ ދެއްކުން ވެސް މިއަދުގެ ޕްރޮމޯޝަނަލް އިވެންޓްގެ ތެރޭގައި ހިމެނެ އެވެ.

HJN

މިފަދަ އިވެންޓެއް މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް މަރަދޫފޭދޫ އެސްޓީއޯ އިން ވަނީ ބާއްވައިފަ އެވެ.

އެ ފިހާރައިގެ ފަރާތުން މާދަމާ ފޭދޫ ސާފު ކުރުމުގެ ހަރަކާތެއް ވެސް ބާއްވަން ހަމަޖެހިފަައިވެ އެވެ. އަދި މާދަމާ ހަވީރު ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެެއް ކުރިއަށް ގެންދަން ވެސް ވަނީ ރާވައިފަ އެވެ.