Last Updated: September 20, 11:17
Friday, September 20, 2024
ސިއްހަތު

ތުނބުޅި: ފިރިހެނުންގެ ސިއްހަތަށް ރަނގަޅެއް!

މިހާރަކަށް އައިސް ދިވެހި ޒުވާނުންގެ ތެރޭގައި ވެސް ތުނބުޅި ބެހެއްޓުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިއީ މިހާރު ފެޝަނެއްގެ ގޮތުގައި ވެސް ގިނަ ޒުވާނުން ދެކޭ ކަމެކެވެ.

އެފަދަ ފަރާތްތަކަށް ބުނެލަން އޮތީ ތުނބުޅި އަބަދު ވެސް ބަހައްޓާށެވެ. އެކަމަކު ރީތިކޮށް، ބެލެހެއްޓުންތެރިކަމާ އެކުގަ އެވެ.

ދާދި ފަހުން ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ތުނބުޅިއަކީ ފިރިހެނުންގެ ފިރިހެންވަންތަކަން ދައްކުވައި ދިނުމުގެ އިތުރަށް، އެ މީހުންގެ ޗާލޫކަމާ އެއްވަރަށް މީހާގެ ސިއްހަތަށް ވެސް އެތަކެއް ފައިދާތަކެއް ކުރާ ކަމެކެވެ. އެހެންވެ ތުނބުޅި ނުބަހައްޓަންވީ ސަބަބެއް ނެތެވެ.

އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސަދަން ކުއީންސްލޭންޑް އިން "ރޭޑިއޭޝަން ޕްރޮޓެކްޝަން ޑޮސިމެޓްރީ ޖާނަލް" ގެ ނަމުގައި އާންމު ކުރި ދިރާާސާއަކުން ދައްކާ ގޮތުގައި ތުނބުޅިއަކީ ފިރިހެނުންގެ މޫނުގެ ހަން އަލްޓްރާ ވައިލެޓް (ޔޫވީ) ގެ ދޯދިތަކުން ސަލާމަތްކޮށްދޭ ވަސީލަތެކެވެ. އެކަމަށް ތުނބުޅި 90 އާއި 95 ޕަސެންޓާ ދެމެދުގެ އެހީއެއް ފޯރުކޮށްދެ އެވެ.

VNBNB (2)

މި ސަބަބާ ހުރެ ތުނބުޅި ބާލަން ބޭނުން ކުރާ ރޭޒަރު ޑަސްބިނަށް ވައްޓާލުމުގެ ކުރުން ވިސްނާލުން ހަމަ މަޖުބޫރެވެ. ސިއްހަތަށް ސަމާލުވާ ފިރިހެނުންނަށް މިއީ ފިކުރުކޮށް ނުލައި ދޫކޮށްލަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.

ތުނބުޅި މޫނުގެ ހަން ރައްކާތެރިކޮށް ދިނުމުގެ ސަބަބުން ހަމުގެ ކެންސަރުން ފިރިހެނުން ސަލާމަތްކޮށް ދޭނެ ކަމެކެވެ. ހަމަ މިއާ މިއާ އެކު މީހާގެ ރީތިކަން އިތުރަށް ދައްކުވައި ދީ، އަޅައިގަންނަ ގޮތެއް ހުންނަ ކަމަށް ދިރާސާ އިން ހާމަވެފައިވެ އެވެ.

މި ދިރާސާ ހެދުމަށް ސައިންސްވެރިން ބޭނުން ކުރީ ތުނބުޅި ލާފައި ހުރި މެނިކުއިންތަކާއި ތުނބުޅި ނުލައި ހުރި މެނިކުއިންތަކެވެ. އަދި މި ތަކެތި ގަދަ އަވީީގައި ބަހައްޓައިގެން ނިކުތް ނަތީޖާ އިން ދެއްކި ގޮތުގައި ތުނބުޅި ހުރި މެނިކުއިންތައް އިރުގެ ދޯދިތަކުން މާ ބޮޑަށް ވެސް ރައްކާތެރިކޮށް ދީފައިވެ އެވެ.

VNBNB (1)

ތުނބުޅި ބެހެއްްޓުމަކީ ސިއްހީ ގޮތުން ފައިދާ ހުރި ކަމަކަށް ވިޔަސް، އެކަމަށް ސަމާލު ވާން ޖެހެ އެވެ. ހާއްސަކޮށް ތުނބުޅި ރީތިކޮށް ސާފުކޮށް ބެހެއްޓުމަށެވެ.

އެހެން ނޫން ނަމަ ކާ އިރު، ތުނބުޅީގައި ކާތަކެތި އުނގުޅި މޫނުން ނުބައި ވަސް ދުވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ ތުނބުލި ދޮންނަން ހާއްސަ ކްރީމާއި ތެޔޮ ފަދަ ތަކެތި ބޭނުންކޮށްގެން ތުނބުޅި ދޮވެ، ސާފު ކުރަން ވާނެ އެވެ.

އެހެން ނޫން ކަމަށް ވެއްޖެ ނަމަ ބައިވެރިޔާ އަށް ތިމާގެ ތުނބުޅިއަކީ ބޮޑު މުސީބާތަކަށް ވެދާނެ އެވެ.