Last Updated: September 20, 11:56
Friday, September 20, 2024
ޚަބަރު

ފޭދޫ މީހަކު ދަންޖެހިގެން މަރުވެއްޖެ

ފޭދޫގެ އޭރިއަލް މަންޒަރެއް: އެ ރަށު މީހަކު ވަނީ ދަންޖެހިގެން މަރުވެފައި. ފޮޓޯ/ އަދްލީލް

ސ. ފޭދޫގައި 37 އަހަރުގެ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

ދަންޖެގިގެން މަރުވެފައިވަނީ ފޭދޫ، ރޯނުގެ، އަދްނާން ހުސެއިން (އަދުއާ) އެވެ.

ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މީހަކު ދަންޖެހިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 6:10 ހާއިރު ކަމަށާއި ފުލުހުން މިހާރު އެ ސީން ގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މަރަދޫފޭދޫ މީހަކާ އިނދެގެން އުޅޭ އަދްނާން ދަންޖެހިފައި ވަނީ އޭނާގެ އަންހެނުންގެ ގޭގަ އެވެ. ދަންޖެހެން ބޭނުން ކޮށްފައި ވަނީ ކަރަންޓް ލީޑެއް ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާއަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީއެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ މީހެކެވެ.

ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ އަދްނާންގެ ކޮއްކޮއެއް ވެސް މީގެ ކުރިން ދަންޖެހިގެން މަރުވެފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހްގީގް ކުރަމުން އަންނަ އިރު ހާދިސާ އާ ބެހޭ އިތުރު މައުލޫމާތު އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.