Last Updated: September 20, 11:17
Friday, September 20, 2024
ޚަބަރު

މުވައްޒަފުން ފޭދޫ ސިއްހީ މަރުކަޒުގައި ކުލަ ލައިފި

ފޭދޫ ސިއްހީ މަރުކަޒުގެ އިމާރާތުގެ ފާރުން ކުލަވެއްޓި ހަޑިވެފައިވާތީ ތަނުގެ މުވައްޒަފުން ނިކުމެ ފާރު ތަކުގައި ކުލަލައިފިއެވެ.

ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވެހުންނެވި ޒިލީނާ ޒާހިރު މިއަދު ވިދާޅުވީ ސިއްހީ މަރުކަޒުގެ އިމާރާތުގައި މުވައްޒަފުން ކުލަ ލާފައިވަނީ އެމީހުންގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށެވެ.

1532005_582696741844469_3315461472295987893_n

"މިތަނުގައި ބޭއްވި ސްޓާފް ބައްދަލުވުމެއްގައި މުވައްޒަފުން ހުށަހެޅީ ތަނުގައި ކުލަ ލުމަށް، އެމީހުން ބޭނުންވީ ތަނުން ތަކެތި ދިނުމުން އަމިއްލަ އަށް ކުލަ ލުމުގެ މަސައްކަތް ކުރިއަށްގެންދަން، އެއްވެސް މުވައްޒަފަކަށް މަޖްބޫރު ކުރުވައިގެން ކުރި ކަމެއް ނޫން"
10469405_582696968511113_6561863801121873902_n

ފޭދޫ ސިއްހީ މަރުކަޒުގެ އިމާރާތުގެ ކުލަ ލުމުގައި އެތަނުގެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ޒިލީނާ ވިދާޅުވީ ތަނުގައި މަސައްކަތް ކުރައްވާ ހުރިހާ ސްޓާފުން އަބަދުވެސް ތަން ރީތިކޮށް ބޭއްވުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި މިކަމަކީ އޭގެ ހެއްކެއް ކަމަށެވެ.
10441957_582697021844441_4125305111061016980_n
ކުލަ ލުމުގެ މަސައްކަތުގައި އެތަނުގައި ވަޒީފާ އަދާ ކުރާ ޑޮކްޓަރުންނާއި ނަރުހުން ވަނީ ބައިވެރިވެފައެވެ.