Last Updated: September 21, 20:22
Saturday, September 21, 2024
ޚަބަރު

އައްޑޫ ސްޓޭޑިއަމް އަޕްގްރޭޑް ކުރަން މަޝްވަރާކޮށްފި

މަރާމާތުތަކެއް ނުކުރާތާ ގިނަ ދުވަސްތަކެއް އައްޑޫ ސްޓޭޑިއަމަށް ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފައިވާތީ އަޕްގްރޭޑްކުރުމާ ގުޭ ގޮތުން މަޝްވަރާކޮށްފި އެވެ.

ކައުންސިލުން ބުނި ގޮތުގައި އެ މަޝްވަރާތައް ކުރިއަށް ދިޔައީ އައްޑު އަށް އައިސްފައިވާ ޔޫތު މިނިސްޓްރީގެ ޓީމަކާ އެކީގަ އެވެ. އެގޮތުން އެ ބައްދަލުވުމުގައި ހިތަދޫގައި އޮންނަ އައްޑޫ ސްޓޭޑިއަމްގައި ޓާފް އެޅުމާއި ގުޅޭ ގޮތުންނާއި، އެތަން ދިއްލައި، ސްޓޭޑިއަމްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އައްޑޫގައި ބޮޑެތި ކުޅިވަރު މުބާރާތް ބާއްވަމުން އަންނަ ސްޓޭޑިއަމްގެ ހާލަތު ވަރަށް ދަށްވެ، އެތަނުގެ މިހާރުގެ ހާލަތުގެ ވާހަކަ މިދިޔަ އަހަރުގެ ފަހުކޮޅު ކައުންސިލަރަކު ސޯޝަލް މީޑިއާގައި ވެސް ފޮޓޯތަކަކާ އެކީ ހިއްސާކުރެއްވި އެވެ. އެގޮތުން ހިތަދޫ މޫލެކެޑަ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދުގެ އެ ޕޯސްޓްގައި ސްޓޭޑިއަމް ހަލާކުވެ ވީރާނާވެމުންދާ އިރު، އެއްވެސް އަޅާލުމެއް ނެތި އެތަން ދޫކޮށްލާފައިވާތީ ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ.

ސައީދު އޭރު ވިދާޅުވެފައިވާ ގޮތުގައި ސްޓޭޑިއަމްގެ ހާލަތުގެ ވާހަކަ އެތައް ފަހަރެއްގެ މަތިން ޔޫތު މިނިސްޓްރީގެ ސަމާލު ކަމަށް ވެސް ގެނެވިފައިވާނެ އެވެ.