ޢައްޑޫ ގެސްޓް ހައުސް ވެންޗަ ކުރިއަށް ގެންދިއުމަށާއި އެފަދަ ވިޔަފާރިތައް އައްޑޫ ސިޓީގައި ތަރައްޤީ ކުރުމަށް އުފެއްދޭ އަމިއްލަ ކުންފުންޏެއް ކަމުގައިވާ އައްޑޫ ވެންޗަ ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރެއްގެ ގޮތުގައި ބައިވެރިވުމަށް ކައުންސިލުން ފާސްކޮށްފި އެވެ.
މިކަމާ ގުޅޭ ގޮތުން ކައުންސިލުން ފާސް ކުރި ގަރާރުގައިވާ ގޮތުން އެކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ބައިވެރިވުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ޖުމްލަ 50،000ރ. ހަރަދު ކުރުމަށް ވަނީ ނިންމައިފަ އެވެ.
އެ ގަރާރު މި ލިންކުން www.adducity.gov.mv/secretariat/read/news/94/Addu-guest-house-venture-share ބަލާލެވޭނެ އެވެ.