ކޮންމެ ކަހަލަ ރިސީވަރެއް މީޑިއާ ނެޓުން ދޫކުރި ނަމަވެސް އަދި ހިދްމަތް ޑިޖިޓަލް ކުރި ނަމަވެސް ޓީވީ މޯލްޑިވްސްގެ ހިދްމަތް ބަރާބަރަށް، މެދުކެޑުމެއް ނެތި ފޯރުކޮށްދޭން ޖެހޭނެކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކަމިޝަންއިން ބުނެފިއެވެ.
އައްޑޫގެ ކޭބަލް ޓީވީގެ ހިދްމަތް ދެމުން އަންނަ އައިލެންޑް ޓީވީން ދެމުންދާ ހިދްމަތް މިދިޔަ ހުކުރު ދުވަހުން ފެށިގެން ޑިޖިޓަލްކޮށްފައިވާ އިރު ވޯލްޑް ކަޕްގެ މެޗްތައް އެޗެނެލް މެދުވެރިކޮށް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ބްރޯޑްކާސްޓިން ކަމިޝަނުން ބުނީ ޓީވީ މޯލްޑިވްސްގެ ހިދްމަތް ނުދިނުމަކީ މައްސަލައެއް ކަމަށާއި ނަމަވެސް އެފަދަ ޝަކުވާއެއް އައްޑޫން އަދި މިހާތަނަށް ލިބިފައި ނުވާކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ހިނގާތޯ މިއަދު ކަމިޝަނުން ބަލާނެ ކަމަށެވެ.
ރާއްޖެއަށް ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ލިބިފައިވަނީ ޓީވީ މޯލްޑިވްސް އަށާއި ވީޓީވީއަށެވެ. ނަމަވެސް މީޑިއާ ނެޓުން ރެއާއި ޖެހެންދެން ވޯލްޑް ކަޕް ދައްކަމުން އައީ 100 ނަމަބަރު ޗެލެނަލް ކަމަށްވާ އައިސް ޓީވީންނެވެ.
ވޯލްޑްކަޕްގެ މެޗް ދައްކާ ވަގުތު ޑިޖިޓަލް ރިސީވަރުން ޓީވީއެމްގެ ހިދްމަތެއް ނުލިބެއެވެ. އަދި އެނަލޮގް ރިސީވަރު ބޭނުން ކުރާ ފަރާތްތަކަށް ވަރަށް ނުސާފުކޮށް ޓީވީއެމްގެ ފެނެއެވެ. ނަމަވެސް އެނޫން ވަގުތު ތަކުގައި އެޗްޑީކޮށް ޓީވީއެމްގެ ހިދްމަތް ބަރާބަރަށް ލިބެއެވެ.
މިކަމާއި ހެދި އައްޑޫގެ ގިނަ ރައްޔިތުންގެ ނުރުހުން ވަނީ އައިލެންޑް ޓީވީ އަށް އަމާޒުވެފައެވެ.