Last Updated: September 20, 05:54
Friday, September 20, 2024
ޚަބަރު

ކުދި ވިޔަފާރިތަކަށް މަރަދޫފޭދޫން ބިން ދޫކުރަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މަރަދޫފޭދޫން ބިން ހޯދުމަށް އެދެމުންދާތީ އެރަށުން ބިން ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ކުދި ވިޔަފާރިތަކަށް މަރަދޫފޭދޫން ދޫކުރުމަށް ނިންމާފައިވަނީ ޖުމްލަ 8 ބިމެއް ކަމަށެވެ. އެގޮތުން 1525 އަކަ ފޫޓޫގެ 8 ބިމަށް މިހާރު ފޯމު ހުށަހެޅުމަށް އިއްލާންކޮށްފައިވާ ކަމަށެވެ.

އަދި މިބިންތަކަކީ ލިންކް ރޯޑާްއި އިންވެގެން ހުރި ބިންތަކެއް ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ބިންތަކަށް އެދޭ ފޯމް މިމަހުގެ 19 ވަނަ ދުވަހުންފެށިގެން މަރަދޫފޭދޫ އަވަށު އޮފީހުން 150 ރުފިޔާއަށް ގަންނަން ލިބެން ހުންނާނެކަމަށެވެ.

އެގޮތުން ހުށަހަޅާ ފޯމްތައް ދިރާސާ ކުރުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތްތަކަށް ބިންދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.