ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ނައްޓަވާ ވީޑިއޯއަކަށް ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތުކުރެވޭ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުން ކުރި ޕޯސްޓެއްގައި ޖޯކް ޖެއްސެވުމުން ރައްދު ދެއްވައިފި އެވެ.
ހަސަން ކުރުސީގެ ޓްވީޓްގައި ނިހާދު ނައްޓަވާ އިރު އެއްވެސް ބޭފުޅަކު އޭނަ އަށް ތަރުހީބުދީ އަތް ޖަހައި ނަހަދަނީ ކީއްވެތޯ އަހާފައިވެ އެވެ.
"އެންމެ ފަހުން އެ ސޮރު ވަރުބަލިވެގެން، ލަދުން ހުއްޓާލީ." ހަސަން ކުރުސީ ބުންޏެވެ.
މި ވީޑިއޯ އަކީ މިދިޔަ ހުކުރު ދުވަހުގެ ރޭ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރަން ބޭއްވި ޖަލްސާގެ ހަވާސާގެ ތެރެއިން ނަގާފައިވާ ވީޑިއޯއެވެ. އެ ވީޑިއޯގައި ނިހާދު ވަރަށް ފޯރީގައި ނައްޓަވާ އިރު ކައިރީގައި ސްޓޭޖްމަތީގައި ބަޔަކު މިއުޒިކް ކުޅޭ ތަނާއި އަދި އަންހެނުންތަކެއް ވެސް ތިބޭ ތަން ފެނެ އެވެ.
Bro, AdduCity rayyithunnakee 1970 ga ves music kulhe dance kuran loabi kuraa bayaku dhiri ulhunu City eh! Dance ves kuranee engigen! Fai hama kuran neygey meehun kiyaahaa echchakee Eyge zaathugai, Zaathee vegen Kiyaa Echcheh! Varah Vedhun! https://t.co/1uRnV1364e pic.twitter.com/p4ho5I1n5A
— Feydhoo Meehaa (Mohamed Nihad) (@nihad_m) February 19, 2023
އޭގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވެސް ހިމެނެ އެވެ. އަދި ނެއްޓެވުމުގެ ވަޖިދުގައި ނިހާދު ރޮޒޭއާ ގާތަށް ވެސް ނިހާދު ޖެހިވަޑައިގަންނަވާ ތަން ވީޑިއޯ އިން ފެނެ އެވެ.
މީގެ ރައްދުގައި ނިހާދު ވިދާޅުވީ ޒާތީވެގެން ކިޔާ އެއްޗިއްސަށް ވަރަށް ވެދުން ކަމަށެވެ. އަދި އައްޑޫ މީހުންނަކީ މިއުޒިކް ކުޅެ، ޑާންސް ކުރަން ވެސް ލޯބިކުރާ ބައެއް ކަމަށް ވިދާޅުވި އެވެ.
"ބްރޯ، އައްޑޫ ސިޓީ ރައްޔިތުންނަކީ 1970 ގައި ވެސް މިއުޒިކް ކުޅެ، ޑާންސްކުރަން ލޯބިކުރާ ބަޔަކު ދިރިއުޅުނު ސިޓީއެއް،" އޭނަ ވިދާޅުވި އެވެ. "ޑާންސް ވެސް ކުރާނީ އެނގިގެން. ފައި ހަމަކުރަން ނޭނގޭ މީހުން ކިޔާ އެއްޗިއްސަކީ ޒާތީވެގެން ކިޔާ އެެއްޗެހި."