Last Updated: November 24, 13:27
Sunday, November 24, 2024
ސިއްހަތު

ސެސީ: ބަރުދަން ލުއި ކުރަން ޖާދުލެއް

ފަލަވެގެން ހިކެން ބޭނުންވާ މީހުންނަށް އުފާވެރި ހަބަރެކެވެ.

މި އޮތީ އަނެއްކާ ވެސް އާ ހޯދުމެކެވެ. ލުއި، އަވަސް އަދި ހަރަދު ކުޑަ ބުއިމެކެވެ. ނަމަކީ "ސެސީ" އެވެ.

އެ ނަން މި ބުއިމަށް ދީފައި ވަނީ، ބުއިން އީޖާދު ކުރި ނިއުޓްރިޝަނިސްޓް ސިންތިއާ ސެސްގެ ނަމާ ގުޅުވައިގެންނެވެ.

ސެސީ ތަޖުރިބާކޮށްލުން ކިހިނެއް ވާނެ ބާވަ އެވެ. ނޯޓްކޮށްލަން ގަލަމަކާއި ކަރުދާސްގަނޑެއް ހޯދާށެވެ.

* ބޭނުންވާ ތަކެތި:

8 ތަށި ފެށި ފެން

1 ސަމުސާ މުގުރާފައި ހުރި އިނގުރު މޫ

ހެޔޮވަރު ވަރުގެ ކިއުމްކަމްބާއެއް (މަށާފައި ރީއްޗަށް ފޮތިކޮށްފައި)

1 ލުނބޯ (ފަޅިކޮށްފައި)

12 މިންޓް ފަތް

1 ސަމުސާ ހިކި މިންޓް

* ތައްޔާރު ކުރާނެ ގޮތް:

ލިސްޓްގައި ހިމެނޭ ހުރިހާ އެއްޗެއް ޖަގަކަށް އަޅާފައި ރީތިކޮށް މިކްސްކޮށްލާށެވެ. އެ އަށް ފަހު އެއް ދުވަސް ވަންދެން ބަަހައްޓާށެވެ. ބޮޑަށް ރަނގަޅީ ފްރިޖްގައި ބެހެއްޓިއްޔާ އެވެ.

އެ އަށް ފަހު މީގެ 4-5 ތަށި ކޮންމެ ދުވަހަކު އާދަވެ ބޯށެވެ. ފުރަތަމަ ތަށި ބޯން ޖެހެނީ ހެނދުނުގެ ނާސްތާގެ ކުރިންނެވެ. މީގެ ފައިދާ ބޮޑަށް ފެންނާނީ އޭރުންނެވެ.

* ކޮބާ ފައިދާއަކީ؟

އާދަކޮށް ސެސީ ބޯން ފަށައިފި ނަމަ ހިކެން މާ ގިނަ ދުވަހެއް ނުނަގާނެ އެވެ. އެކަމަށް ނަގަނީ ގަޑި އިރުތަކެކެވެ. މި ބުއިން އާދަކޮށް ބޯން ފަށައިފި ނަމަ، ހަށިގަނޑުގެ ހަކަތަ ވެސް އިތުރުވެ، އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިއްބައިދީ މީހާ ތާޒާކޮށްދެ އެވެ.

Sassy-Water-To-Boost-Weight-Loss-2

ހަމަ މިއާ އާ އެކު ބަނޑުގައި ޖަހާފައިވާ މަސްތައް ވިރި، ރީތި ބައްޓަމެއް ލިބުމުގެ ފުރުސަތު ބޮޑެވެ.

އެހެން ނަމަވެސް ސެސީއަކީ މާބަނޑު އަންހެނުންނާއި ކިރުމައިންނަށް ރަނގަޅު ބުއިމެއް ނޫނެވެ.