Last Updated: November 24, 13:03
Sunday, November 24, 2024
ވިޔަފާރި

އެކްސެލެންސް އެވޯޑް އީކްއޭޓައަށާއި ޝަންގްރިއްލާ އަށް

ޓޫރިސްޓުން ޗުއްޓީ ހޭދަ ކުރާ ތަންތަނާ ބެހޭ ގޮތުން އެ މީހުން ފާޅުކުރާ ހިޔާލާއި އެތަނެއްގެ ހިދުމަތްތަކަށް އެ މީހުން "ޓްރިޕްއެޑްވައިޒާ" ގައި ދޭ ރޭޓިންތަކަށް ބިނާކޮށްދޭ "ސެޓްފިކެޓް އޮފް އެކްސެލެންސް އެވޯޑް" އައްޑޫގެ ދެ ތަނަކަށް ލިބިއްޖެ އެވެ.

އިނގިރޭސިވިލާތުން މެނެޖް ކުރާ ޓްރިޕް އެޑްވައިޒާގެ 2014 ގެ ސެޓްފިކެޓް އޮފް އެކްސެލެންސް އައްޑޫން ލިބުނު ދެ ތަނަކީ ގަމުގައި ހިންގާ އީކްއޭޓަ ވިލެޖާއި އޭޝިއާގެ މަޝްހޫރު ހޮޓެލް ޗެއިން ޝަންގްރިއްލާ އިން ހިންގާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އެވެ.

މި ދެ ތަނަށް މި ލިބުނު ޝަރަފު ފާހަގަކޮށް، ސެޓްފިކެޓް އޮފް އެކްސެލެންސް އެވޯޑް ލިބުނުކަން، ޕްރެޒިޑެންޓް އޮފް ޓްރިޕް އެޑްވައިޒަ ފޮ ބިޒްނަސް މާކް ޗެރޮން ވަނީ އީކްއޭޓައަށާއި ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަށް ސެޓްފިކެޓާ އެކު މަރުހަބާގެ ލިއުމެއް ފޮނުވައިފަ އެވެ.

Certificate of Excellence Atrip Advisor

މި އަހަރުގެ ޓްރިޕް އެޑްވައިޒާގެ ސެޓްފިކެޓް އޮފް އެކްސެލެންސް އެވޯޑް އީކްއޭޓަ ވިލެޖަށް ލިބުނީ ޓޫރިސްޓުން އެތަނާ ބެހޭ ގޮތުން ފާޅުކޮށްފައިވާ ހިޔާލުތަކާއި ހިދުމަތްތަކަށް ރޭޓްކޮށްފައިވާ މިންވަރަށް ބަލައި 75 ޕަސެންޓާ އެކުގަ އެވެ.

އީކްއޭޓަ ވިލެޖަކީ މައިގަނޑު ގޮތެއްގައި ދަށް ފަންތީގެ ޓޫރިސްޓުން އާންމުކޮށް ޗުއްޓީ ހޭދަ ކުރާ މަންޒިލެކެވެ.

މަތީ ފަންތީީގެ ޓޫރިސްޓުންށް ހާއްސަކޮށްގެން ހިންގާ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަށް އެކްސެލެންސް ސެޓްފިކެޓް ލިބުނީ 92 ޕަސެންޓާ އެކުގަ އެވެ.

HGKHK (1)

އީކްއޭޓަ އާއި ޝަންގްރިއްލާގެ އިތުރުން ވެސް ގިނަ އަދަދެއްގެ ހޮޓާ، ރިސޯޓްތަކަށް އެކްސެލެންސް އެވޯޑް ޓްރިޕްއެޑްވައިޒާ އިން މި އަހަރު ވަނީ ދީފަ އެވެެ.