މަރަދޫ ސްކޫލަށް އިތުރު ދެ ކްލާސްރޫމް އަންނަ އަހަރު އިތުރުކޮށްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރ މަޖްލިސްއަށް ހާޒިރުކޮށް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަރަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރު ދެ ކްލްސާރޫމް އެޅުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެމަސައްކަތަކަށް ހަތް ލައްކަ ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަޖްލިސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަރަދޫ ސްކޫލްގެ ލައިބްރެރީ އަށް ބޭނުންވާ ފޮތް ހޯދުމަށް ބޭނުންވާ ފައިސާ ސްކޫލަށް ހަމަޖައްސާދީފައިވާ ކަމަށެވެ. އަދި ލައިބްރޭރީއަށް ބޭނުންވާ ކަބަޑް އަދި ފަރުނީޗަރު ހޯދުމަށް މިހާރު ކޮންޓްރެކްޓް ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން މަރަދޫ ސްކޫލްގެ އޮފީސް ޖާގަ އިތުރު ކުރުމަށާއި އިތުރު ދެ ފާހާނާ ހެދުމަށް ހުއްދަ ދީފައިވާ ކަމަށެވެ.
ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އޮތް މަރަދޫ ސްކޫލުގައި މި އަހަރު އަލަށް ފަސް ކްލާސް ރޫމް އިމާރާތް ކޮށްނިމި އެ ސްކޫލް ވަނީ އެއްދަން ފަޅިއަށް ބަދަލު ކޮށްފައެވެ.
މިނިސްޓަރ ވިދާޅުވީ ސްކޫލްގެ ޕްރިންސިޕަލަކު ނެތް މައްސަލަ ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކިޔަވަދޭން ފަށައި އެ ސްކޫލް ވަނީ އެއްދަންފަޅި އަށް ބަދަލުކޮށްފަ އެވެ. އެކަމަށް ދައުލަތުން 1.6 މިލިއަން ރުފިޔާ