ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ވާދަކުރަން އެމްޑީޕީން ނިންމައި، އޭގައި ވާދަކުރަން ކަނޑައަޅާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އަށް އެ ޕާޓީން ފުރުސަތު ހުޅުވާލައިފި އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީޕީއެމްގެ މެމްބަރު އިބްރާހީމް ރިޒާ މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. އޭނަ ވަނީ ގުރައިދޫ މެމްބަރުކަން 14 އަހަރު ވަންދެން އަދާކުރައްވައިފަ އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އެޕްރީލް 15 ގަ އެވެ.
ގުރައިދޫ ދާއިރާ މަޖިލިސް ބައި-އިލެކްޝަން ޕްރައިމަރީ އަށް ހުޅުވާލުންhttps://t.co/rAVRUtfeHQ
— MDP Secretariat (@MDPSecretariat) February 27, 2023
އެގޮތުން އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވަން މިއަދު ހުޅުވާލައި ކުރިމަތިލާން ދިން ސުންގަޑިއަ ކީ އަންނަ ބުރާސްފަތި ދުވަހެވެ. އެ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ނަން ހުށަހެޅޭނެ އެވެ. އެ ކަމަށް އެދި ހުށަހަޅާ އިރު 100 މެމްބަރުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ.