މި އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގެ ތެރެއިން އެގޮތުން ފުރަތަމަ ސޮއިކުރި އެއްބަސްވުމަކީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ޙައްޖުވެރިން މަދީނާ އަށް ކުރާ ޒިޔާރަތުގައި، ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާ ގުޅޭ އެއްބަސްވުމެވެ.
1444 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ޒިޔާރަތުގައި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާ ގުޅޭ އެއްބަސްވުމުގައި އަލްއަދިއްލާ ކޮމްޕެނީ އާއެކު ސޮއި ކުރެއްވުން. pic.twitter.com/5lR88dSCEq
— Ministry of Islamic Affairs (@MVIaffairs) February 28, 2023
އެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީން ހެދީ އަލްއަދިއްލާ ކޮމްޕެނީއާ އެކީގަ އެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީލެވެ.
1444 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާ، މިނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާ ގުޅޭ އެއްބަސްވުމުގައި ޟުޔޫފުލްބައިތު ކޮމްޕެނީއާއެކު ސޮއި ކުރެއްވުން. pic.twitter.com/4Oevt7XpV2
— Ministry of Islamic Affairs (@MVIaffairs) February 28, 2023
މީގެ އިތުރުން ޙައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާ، މިނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާ ގުޅޭ ގޮތުން ޟުޔޫފުލްބައިތު ކޮމްޕެނީއާ އެކީ ވެސް ސޮއިކޮށްފައިވެ އެވެ.
ސަޢޫދީން މި އަހަރު ރާއްޖެ އަށް ދީފައި ވަނީ 1،000 ހައްޖު ކޯޓާ އެވެ. އަދި އިތުރު ކޯޓާ ހޯދުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ޢަލީ ވިދާޅުވެފައިވެ އެވެ.