Last Updated: November 26, 16:59
Tuesday, November 26, 2024
މުނިފޫހިފިލުވުން

ޒޮހޮރާ ސޭގަލް މަރުވެއްޖެ

ވަރަށް ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައިވާ ބޮލީވުޑްގެ ދުވަސްވީ ބަތަލާ ޒޮހޮރާ ސޭގަލް އުމުރުން 102 އަހަރުގައި މަރުވެއްޖެ އެވެ.

އޭނާ މަރުވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޒޮހޮރާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މޭގައި ވަރަށް ބޮޑަށް ރިއްސާ ކަމަށް ބުނުމާ ގުޅިގެންނެވެ. އަދި އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ހާޓްއެޓޭކެއް ޖެހިގެން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

TH29_CITY_ZOHRA_SE_1066738f

ޒޮހަރާގެ ޖަނާޒާ ބާއްވައިފައި ވަނީ ދިއްލީގަ އެވެ. ޖަނާޒާގެ ކުރިން އޭނާގެ މޫނު އާންމުކޮށް ދައްކާލަން އާއިލާ އިން ފުރުސަތު ހުޅުވާލުމުން ހާޒިރުވި މީހުންގެ ތެރޭގައި ދިއްލީގެ ޗީފް މިނިސްޓަރު ޝީލާ ޑިކްޝިޓާއި ބަތަލާ ޝަބާނާ އަޒުމީ އާއި އޭނާގެ ފިރިމީހާ އަދި ލިރިސިސްޓް ޖާވިދު އަހުތަރުގެ އިތުރުން ވެސް ގިނަ ފަރާތްތަކަކުން ޒޮހޮރާގެ މޫނު ދެކިލަން ޒިޔާރަތްކޮށްފައިވެ އެވެ.

އިންޑިއާގެ ސިނަމާއަށާއި ތިއޭޓާ ހަރަކާތްތަކަށް ޒޮހޮރާ ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް، އެކި ފަހަރުމަތިން، އެކި ފެންވަރުގައި އިންޑިއާގައި ދެވޭ އެތަކެއް އެވޯޑެއް އޭނާ އަށް އަރުވާފައިވެ އެވެ.

viveck-vaswani

ނެށުންތެރިއެއްގެ ގޮތުގައި 1935 ގައި ކެރިއަރު ފެށި ޒޮހޮރާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ހަމް ދިލް ދޭ ޗުކޭ ސަނަމް"، "ސާވަރިއާ"، ޗީނި ކުމް"، "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ"، "ވީރް-ޒާރާ"، "ކަލް ހޯ ނަހޯ"، "ދިއްލަގީ" އަދި "ދިލް ސޭ" ފަދަ ފިލްމުތައް ހިމެނެ އެވެ.