Last Updated: January 22, 16:44
Wednesday, January 22, 2025
މުނިފޫހިފިލުވުން

ލޯރެންސަށް "ނޯ ހާޑް ފީލިންސް"

ޖެނިފާ ލޯރެންސް 19 އަހަރުގެ ޒުވާނަކާ ހިތާވެގެން ދިމާވާ ކަންތައްތަކެއް ދައްކުވައި ދޭނެ ފިލްމު "ނޯ ހާޑް ފީލިންސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި އަހަރުގެ ޖޫން މަހުގެ 23 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ސެކްސް ކޮމެޑީ އަކީ ޖީން ސްޓަޕްނިސްކީ ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2019 ގެ "ގުޑް ބޯއިސް" އެވެ.

އޮސްކާ އެވޯޑް ހޯދާފައިވާ ލޯރެންސާ އެކީ "ނޯ ހާޑް ފީލިންސް" ގެ ކާސްޓްގައި އެންޑްރޫ ބާތު ފެލްޑްމަން، މެތިއު ބްރޮޑެރިކް، ލައުރާ ބެނާންޓީ، ނަޓަލީ މޮރޭލްސް، ސްކޮޓް މެކްއާތާ، ހަސަން މިނާޖް އަދި ކައިލީ މޫނީ ހިމެނެ އެވެ.

"ހަންގާ ގޭމްސް" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ލޯރެންސް، 32، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ކޯޒްވޭ" އިންނެވެ.

ހިޔާލު ފާޅުކުރައްވާ