ދިވެހި ސަގާފަތާއި އާދަކާދަ ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ހދ. އަތޮޅަށް ވަޑައިގެންފި އެވެ.
މި ދަތުރުގައި މިނިސްޓަރު އެންމެ ފުރަތަމަ އިއްޔެ ވަޑައިގެންނެވީ ކުޅުދުއްފުށްޓަށެވެ. އެ ދަތުރުފުޅުގައި އެ ސިޓީގައި އަމިއްލަ ފަރާތަކުން "ރަށްވެހި އާސާރު"ގެ ނަމުގައި ހިންގާ މިއުޒިއަމަކަށް ޒިޔާރަތް ކުރައްވައި އެތަނުގައި ހުރި ތަކެތި ބައްލަވާލެއްވި އެވެ. އެތަނުގައި ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ތަކެތި ހުރި 170 އަށް ވުރެ ގިނަ އާސާރީ ތަކެތި ރައްކާކޮށްފައިވެ އެވެ.
މިނިސްޓަރ @yumna_maumoon ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގަ މިއަދު ކުޅުދުއްފުށި ސިޓީ އަށް ވަޑައިގަންނަވައިފި، މި ދަތުރުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ @ManadhooThoriq އާއި މިނިސްޓްރީގެ އިސްބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ.@kfcitycouncil pic.twitter.com/9Ycw0v2DnL
— Ministry of Arts, Culture and Heritage (@MoACHmv) March 10, 2023
މިނިސްޓަރުގެ ދަތުރުފުޅުގައި ވަނީ ހދ. އަތޮޅު ކައުންސިލް މެންބަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.
މިނިސްޓަރުގެ ދަތުރުފުޅުގައި ހދ. މަކުނުދޫ، ވައިކަރަދޫ، ނޮޅިވަރަންފަރު، ނޭކުރެންދޫ އަދި ނޮޅިވަރަމަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ ރަށްތަކުގެ ކައުންސިލަރުންނާ ބައްދަލުކުރައްވާނެ އެވެ.