Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ސަލީމަށް ހާޓްއެޓޭކެއް ޖެހި އައިސީޔޫގައި

ނޫސްވެރިކަމުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ހޯރަފުށީ މުހައްމަދު ސަލީމަށް ރޭ ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.

އޭނަ އަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

ހޯރަފުށީ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ސަލީމްގެ އެއްބަފާ ބޭބެ ސަލީމަކީ 80 ގެ އަހަރުތަކުން 2000 ގެ ކުރީކޮޅާ ހަމައަށް ނޫސްވެރިކަމުގެ ތެރޭގައި އުޅުއްވި ބޭފުޅެކެވެ. އެގޮތުން އޭނަ ކުރީގެ "ހަވީރު" ގެ ސަބް އެޑިޓަރުކަމާއި "މިއަދު" ނޫހުގެ އެޑިޓަރުކަން ވެސް ކުރެއްވި އެވެ.

ސަލީމަކީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި ރާއްޖޭގެ ނޫސްވެރިކަމުގެ ރަން ޔޫބީލް ގަލަމާއި އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ނޫސްވެރިކަމަށް ފަހު ސަލީމް މަސައްކަތްކުރައްވަމުން ގެންދެވީ ތައުލީމީ ދާއިރާގަ އެވެ. އޭނަ ވާހަކަ ފޮތްތަކެއް ވެސް ނެރުއްވާފައިވެ އެވެ.