* ބޭނުންވާ ތަކެތި:
125 ގްރާމް ފުށް
125 ގްރާމް ވައިޓް ބަޓަރު
125 ގްރާމް ހަކުރު
3 ބިސް
3 އާފަލު (ކުދިކޮށް ކޮށާފައި)
1 ސައި ސަމުނާ ފޮނިތޮށި (ހިމުންކޮށް މުގުރާފައި)
1 ސައި ސަމުސާ ވެނީލާ އެސެންސް
1 ސައި ސަމުސާ ބޭކިން ޕައުޑަރު
* ތައްޔާރު ކުރާނެ ގޮތް:
އެެންމެ ފުރަތަމަ ފުށާއި ބޭކިން ޕައުޑަރު ތަށްޓަކަށް އަޅާފައި އެއްކޮށްލާށެވެ. އޭގެ ފަހުން އެހެން ތަށްޓަަކަށް ހަކުރާއި ބަޓަރު އަދި ފޮނިތޮށި އަޅާފައި ރަނގަޅަށް މިކްސް ކުރާށެވެ. ދެން އޭގެ ތެރެއަށް ބިސް އަޅާފައި ބީޓް ކުރާށެވެ. ދެން އޭގެ ތެރެއަށް ވެނީލާ އެސެންސް އަޅާފައި ރަހަ ހެޔޮވަރުކޮށްލާށެވެ.
އޭގެ ފަހުން މިކްސް ކުރި ހަކުރާއި ބަޓަރުގެ ތެރެއަށް ފުށް އަޅާފައި ވަރަށް ރަނގަޅަށް އެއްކުރާށެވެ. އަދި އޭގެ ތެރެއަށް ކޮށާފައި ހުރި އާފަލުތައް އަޅާށެވެ.
އަވަން ބަހައްޓަން ވާނީ ކުރިއާލައި ހޫނުކޮށްފަ އެވެ. ދެން ޓްރޭއެއްގެ ތެރެއަށް މިކްސް ކުރި ބައި ރަނގަޅަށް އަތުރާފައި އަވަނުގައި 150 ޑިގްރީ އަށް 30 އާއި 40 މިނިޓް ވަންދެން ފިހާށެވެ.