* ބޭނުންވާ ތަކެތި:
1/2 ކިލޯ ކަރާ
2-3 ސައި ސަމުސާ ހަކުރު
ކުޑަ ލޮނުކޮޅެއް
1 ސައި ސަމުސާ ކިއުމިން ސީޑްސް
1 ސައި ސަމުސާ މިންޓް ފަތް (ކުދިކޮށް ކޮށާފައި)
1 އާފަލު (ގާނާފައި)
އައިސް ކިއުބްސް
* ތައްޔާރު ކުރާނެ ގޮތް:
ކަރާ ކޮށާފައި މިކްސަރަށް އަޅާފައި ހަކުރާއި ލޮނާއެކު ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް މިންޓް ފަތާއި އައިސް ކިއުބާއި ކިއުމިން ސީޑްސް އަޅާފައި ގިރާށެވެ.
ދެން ތައްޓަަކަށް އޮއްސާލުމަށް ފަހު، އޭގެ ތެރެއަށް ގާނާފައި ހުރި އާފަލު އަޅާފައި މިންޓް ފަތަކުން ގާނިޝްކޮށްލުމަށް ފަހު ސާވް ކުރާށެވެ.