Last Updated: November 24, 20:29
Sunday, November 24, 2024
ސިއްހަތު

"ބަރަހަނާކޮށް" ނިދުމުން ގުޅުން ރަނގަޅުކޮށްދޭ!

ތިއީ ދެމަފިރިން ކަމަށްވާ ނަމަ އެއް އެނދުގައި ބަރަހަނާކޮށް އެކުގައި ނިދުމުން އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟

އެކަން މައްސަލައަކަށް ނުވާ ފަރާތްތަކަށް މި ފަހަރު މިއޮތީ ގައިމު ވެސް އުފާވެރި ހަބަރެކެވެ.

އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ދެމަފިރިން އެކުގައި ނިދާ އިރު، ހަށިގަނޑުގައި އެއްވެސް ނިވާ ކަމެއް ނެތި ބަރަހަނާކޮށް ތިބެ ނިދުމަކީ ދެ މީހުންގެ ކައިވެނީގެ ގުޅުން ވަރުގަދަކޮށްދީ، ހަޔާތަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ.

މި ދިރާސާކޮށްފައި ވަނީ 1،000 މީހުން ބައިވެރިކޮށްގެންނެވެ.

ދިރާސާގައި ބައިވެރިވި 57 ޕަސެންޓް ޖޯޑު މީހުން ބުނެފައި ވަނީ "ބަރަހަނާކޮށް" ނިދުމުން އެ މީހުންނަށް އާދަޔާހިލާފު "އުފާވެރިކަމެއް" ލޯބީގައި ގެނެސް ދިން ކަމަށެވެ.

907151-sleeping-spooning5

އެހެން ނަމަވެސް އޭގެ ބަދަލުގައި ޕިޖާމާ އާއި ނައިޓި ފަދަ ތަކެތި ލައިގެން ނިދުމުން، އިހުސާސް ކުރެވޭ "އުފާވެރިކަން" ތަފާތު ކަމަށް 43 ޕަސެންޓް މީހުން ބުންޏެވެ.

އެމެރިކާގެ ކޮޓްން ކައުންސިލް އިންޓަނެޝަނަލް (ސީސީއައި) އިން ވެސް ބުނި ގޮތުގައި ދެމަފިރިން އެކުގައި "ގައިގޯޅިކޮށް" ނިދުމަކީ ގުޅުން ދިގުދެމިގެން ދިއުމަށް އެހީވެދޭ ބާރެކެވެ.

ހަމަ އެއާ އެކު ނިދާ އެނދުގެ ބެޑްޝީޓަކީ ވެސް މުހިއްމު ދައުރެއް އަދާ ކުރާ އެއްޗެކެވެ.

އެހެންވެ "އަރާމު" ނިންޖަކަށް ދެމަފިރިން އެދޭ ނަމަ އެނދުގެ ބެޑް ޝީޓާއި ބާލީހަކީ ސެޓިންގެ އުފެއްދުންތަކަށް ހަދާށެވެ. އޭގެ ސަބަބުން ހަށިގަނޑަށް އަރާމުކަމާއި ހިތްހަމަޖެހުމާއި "އުފާވެރި އިހުސާސްތައް" ގެނުވައި ދޭނެ އެވެ.

Couple-Sleeping-Credit-iStockphoto-148029930-630x420

އަދި ކަފައިގެ އުފެއްދުންތަަކަކީ ވެސް ސާފުކަމާއި އަރާމުކަން ގެނުވައިދޭނެ އުފެއްދުންތަކެވެ. އެހެން ނަމަވެސް ޕޮލިސްޓަރު ސިފަ ކުރެވެނީ އެނދާ ބީރައްޓެހި "ޗީޕް" އުފެއްދުންތަކެއްގެ ގޮތުގަ އެވެ.