Last Updated: December 23, 12:05
Monday, December 23, 2024
ޚަބަރު

މާރާމާރިއާ ގުޅިގެން ހޯދާ މީހާ ފޮރުވައިގެން ގެންގުޅޭ ބަޔަކު ހައްޔަރުކޮށްފި

Police

ފުލުހުން ހޯދަން އިއުލާނު ކުރި އިބްރާހީމް ފައިހް ނިޡާމު ފޮރުވައިގެން ގެންގުޅުނު މައްސަލައެއްގައި ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަން އިއުލާނުކުރި ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޡާމު ހައްޔަރުކުރިޔަ ނުދިނުމައްޓަކައި، އޭނާ ފޮރުވައިގެން ގެންގުޅޭ ކަމަށެވެ.

އަދި އޭނާ ފޮރުވައިގެން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދިވެހި 5 ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން، މާލެ ސަރަހައްދުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޡާމު-

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ، ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޡާމު ހޯދަން ފުލުހުން ވަނީ ދެ ފަހަރަށް އިއުލާނު ކޮށްފައެވެ.

އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓަމްންޓްގެ ނަންބަރު 9911099 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުންމަށް ފުލުހުން ވަނީ އެދިފައިވެއެވެ.