Last Updated: September 20, 05:54
Friday, September 20, 2024
ސިއްހަތު

ޗިލްޑް މެންގޯ ޕުޑިން

* ބޭނުންވާ ތަކެތި:

4 ދޮން އަނބު (ކުދިކޮށް ކޮށާފައި)

1 ޖޯޑް ހަކުރު

1/2 ސަމުސާ ފޮނިތޮށި (މުގުރާފައި ހުރި)

1 ސައި ސަމުސާ ބޭކިން ސޮޑާ

1/2 ޖޯޑް ކިރު

1/2 ޖޯޑް މެލްޓެޑް ބަޓަރު

1 ޖޯޑް ފުށް

1 ޖޯޑް ވެނީލާ އައިސް ކްރީމް

ކުޑަ ލޮނުކޮޅެއް


* ތައްޔާރު ކުރާނެ ގޮތް:

Chilled-Mango-Pudding-8

ތައްޓެއްގެ ތެރެއަށް ކޮށާފައި ހުރި އަނބު އަޅާފައި އޭގެ ތެރެ އަށް 1/2 ހަކުރާއި ފޮނިތޮށި އަޅާފައި ރަނގަޅަށް އެއްކުރާށެވެ. ދެން އެހެން ތައްޓެއްގައި ބާކީ ހުރި 1/2 ޖޯޑް ހަކުރާއި ކިރާއި ބަޓަރާއި ބޭކިން ސޮޑާ އަޅާފައި މިކްސް ކުރުމަށް ފަހު، އަނބު ތަށީގެ ތެރެއަށް އަޅައި ހުރިހާ އެއްޗެއް އެއްްކޮށްލާށެވެ.

އޭގެ ފަހުން ޓްރޭއެއްގެ ތެރެއަށް މިކްސް ކުރި ބައި ރަނގަޅަށް ފަތުރާލާށެވެ.

ދެން އަވަނުގައި 35 މިނިޓް ވަންދެން 350 ޑިކްރީގައި ފިހެލާށެވެ. އޭގެ ފަހުން ފިކޮށްގެން ކާ އިރު ވެނީލާ އައިސް ކްރީމާ ކެއުމުން ވަރަށް މީރު ވާނެ އެވެ.