Last Updated: November 26, 15:36
Tuesday, November 26, 2024
މުނިފޫހިފިލުވުން

ބަގިޔާޝްރީގެ ދަރިފުޅު ލޯންޗް ކުރާނީ ސަލްމާން

ސަލްމާން ހާންގެ އެންމެ ކާމިޔާބު އެއް ފިލްމަ ކަމަށްވާ "މެއިނޭ ޕިޔާރު ކިޔާ" ގައި އޭނާގެ ލޯބިވެރިޔާގެ ރޯލް ކުޅުނު ބަތަލާ ބަގިޔާޝްރީގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ދަސާނީ، ބޮލީވުޑަށް ލޯންޗް ކުރާނީ ސަލްމާން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސަލްމާނާއި ބަގިޔާޝްރީ 1989 ވަނަ އަހަރު ކުޅުނު "މެއިނޭ ޕިޔާރު ކިޔާ" އަށް ފަހު އެކުގައި އެއްވެސް ފިލްމެއް ނުކުޅު ނަމަވެސް، ދެ މީހުންގެ މެދުގައި އަބަދުވެސް ވަަރަށް ގާތް ރަހުމަތްތެރި ކަމެއް އޮންނަ ކަމަށްވެ އެވެ.

އެހެންވެ ބަގިޔާޝް ބޭނުން ވަނި ސަލްމާން އުފައްދާ ފިލްމަކުން އޭނާގެ ދަރިފުޅު އަބިމަންޔޫ ލޯންޗް ކުރާށެވެ.

HKKJ (1)

ނަމަވެސް މިކަމާ ބެހޭ ގޮތުން ސަލްމާން ވެސް އަދި ބަގިޔާޝްރީ ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ދާދި ފަހުން މިކަމާ ބެހޭ ގޮތުން ނޫސްވެރިން ބަގިޔާޝްރީ އާ ސުވާލު ކުރުމުން އޭނާ ވަނީ އެކަމާ ކޮމެންޓް ކުރަން އިންކާރުކޮށްފަ އެވެ. އަދި ވަގުތު ޖެހުމުން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާނެ ކަމަށް އޭނާ ބުންޏެވެ.

ސަލްމާން މިހާރު ވެސް އަންނަނީ އާ ދެ ތަރިއަކު ބޮލީވުޑަށް ލޯންޗް ކުރަން ތައްޔާރުވަމުންނެވެ.

އެއީ އޭނާގެ "ބީން ހިއުމަން" ފައުންޑޭޝަނުން ޕްރޮޑިއުސް ކުރާ "ހީރޯގެ "ރިމެކިންއިން ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީ އާއި އަދިތިޔާ ޕަންޗޯލީގެ ދަރިފުޅު ސޫރަޖް ޕަންޗޯލީ އެވެ.

HKKJ (2)

މީގެ ކުރިން ވެސް ސަލްމާން ވަނީ އޭ ތަރިންނަށް ބޮލީވުޑަށް ވަނުމަށް ދީލަތި ދޮރުތަކެއް ހުޅުވައި ދީފަ އެވެ.

އޭގެ ތެރޭގައި ސަތުރަގަން ސިންހާގެ ދަރިފުޅު އަދި މިހާރު ވިދަމުން އަންނަ ބަތަލާ ސޮނާކްޝީ ސިންހާ، ސަލްމާންގެ "ވީރް" ގެ ބަތަލާ ޒަރީން ހާން، ސަލްމާންގެ "ޖެއި ހޯ" ގެ ބަތަލާ ޑެއިޒީ ޝާހް ފަދަ ތަރިން ހިމެނެ އެވެ.

އަދި މިހާރު ކުރިއަރަމުން އަންނަ އެކްޓަރު އަރުޖުން ކަޕޫރަކީ ވެސް ސަލްމާންގެ އިރުޝާދުގެ ދަށުން ބޮލީވުޑަށް ނިކުތް ތަރިއެކެވެ.