Last Updated: November 24, 13:27
Sunday, November 24, 2024
ސިއްހަތު

ކްރީމީ ސްވީޓް ޕޮޓޭޓޯ ސުޕް

* ބޭނުންވާ ތަކެތި:

4 ސްވީޓް ޕޮޓޭޓޯ (ކައްޓަލަ: ކުދިކޮށް ކޮށާފައި)

1/4 ޖޯޑް ފެން

2 ސައި ސަމުސާ އޮލިވް އޮއިލް

1 ފިޔާ (ކުދިކޮށް ކޮށާފައި)

1 ސައި ސަމުސާ ދިރި (ހިމުންކޮށްފައި ހުރި)

1/4 ސަމުސާ އަސޭ މިރުސް (މުގުރާފައި)

1/4 ސައި ސަމުސާ ލޮނު

1 ހައުންސް ޗީޒް

2 ސައި ސަމުސާ ޕާސްލީ (ކުދިކޮށް ކޮށާފައި)


* ތައްޔާރު ކުރާނެ ގޮތް:

HKL (2)

އެންމެ ފުރަތަމަ ކޮށާފައި ހުރި ކައްޓަލަ ތައްޓަކަށް އަޅާފައި އޭގެ ތެރެއަށް ފެން އަޅާށެވެ. އަދި ރަބަރުން އޭތި ކަވަރު ކުރުމަށް ފަހު، މައިކްރޯ އަވަނުގައި 15 މިނިޓް ވަންދެން ކައްކާށެވެ.

ކައްޓަލަކޮޅު މަޑުވުމުން ތޮށި ދަމާފައި ބަހައްޓާށެވެ. ދެން ތަވައަކަށް ލޮނާއި ތެޔޮ އަޅާފައި ފިޔާކޮޅު މީރު ކުރާށެވެ. އޭގެ ފަހުން އަސޭ މިރުހާއި ދިރިކޮޅު އެއްކޮށްފައި ބަހައްޓާށެވެ. ދެން ކައްޓަލަ މަޑު ކުރި ފެން ތަވާގެ ތެރެއަށް އަޅާފައި ކުރިން އެއްކުރި އަސޭމިރުހާއި ދޮރިކޮޅު ވެސް އޭގެ ތެރެއަށް އަޅާލުމަށް ފަހު ރަނގަޅަށް މިކްސް ކުރާށެވެ.

އޭގެ ފަހުން ކައްޓަލައިގެ އެއްބައި މިކްސަރަށް އަޅާފައި ރަނގަޅަށް ހިމުންކޮށްލާށެވެ.

ދެން ތައްޓަކަށް އޮއްސާލުމަށް ފަހު، ބާކީ ހުރި ކައްޓަލަ އޭގެ މަތީގައި އަތުރާލައި ޕާސްލީކޮޅާއި ޗީޒް ފަތުރާފައި ސާވް ކުރާށެވެ.