Last Updated: November 24, 13:27
Sunday, November 24, 2024
ސިއްހަތު

ޗައިނީޒް ސަމޯސާ

* ފިލިިން އަށް ބޭނުންވާ ތަކެތި:

1 ޖޯޑް ނޫޑްލްސް (ފެނުކައްކާފައި)

1 ކެރޮޓް (ގާނާފައި)

2 ތަށި ޖޯޑް ކެބެޖް (ކުދިކޮށް ކޮށާފައި)

2 ފިޔާ (ކުދިކޮށް ކޮށާފައި)

1 ސައި ސަމުސާ ސޯއި ސޯސް

1/2 ސައި ސަމުސާ އަޖިނަމޮޓޯ

2 ސައި ސަމުސާ ތެޔޮ

ރަހަލާ ވަރަށް ލޮނުކޮޅެއް


* ފުށްގަނޑަށް ބޭނުންވާ ތަކެތި:

1 ޖޯޑް ފުށް

1/2 ސައި ސަމުސާ ލޮނު

2 ސައި ސަމުސާ ތެޔޮ

ފެން


* ތައްޔާރު ކުރާނެ ގޮތް:

HKBBJ (1)

އެންމެ ފުރަތަމަ ތަވައަކަށް ތެޔޮ އަޅާފައި ހޫނު ކުރާށެވެ. ދެން ތަވާ ރަނގަޅަށް ހޫނުވެލީމާ އޭގެ ތެރެއަށް ކޮށާފައި ހުރި ފިޔަ އާއި ކެބެޖާއި ކެރޮޓާއި އަޖިނަމޮޓޯ އަޅައިގެން ރަނގަޅަށް މަޑު ވަންދެން ކައްކާށެވެ.

ދެން ތަރުކާރީކޮޅު ރަނގަޅަށް މަޑުވުމުން އޭގެ ތެރެއަށް ނޫޑުލްސް އާއި ސޯޔާ ސޯހާއި ލޮނު އަޅައިގެން ރަނގަޅަށް އެއްކުރާށެވެ.

ފިލިންގަނޑު ރަނގަޅަށް ތައްޔާރުވެލީމާ އުނދުންމަޔިން ބާލާފައި އެއްކައިރީގައި ބަހައްޓާށެވެ.

އެއަށް ފަހު ފުށްގަނޑު ތައްޔާރު ކުރާށެވެ. ފުށް މޮޑެން ބޭނުންވާ ހުރިހާ އެއްޗެއް އަޅާފައި ރަނގަޅަށް ފުށްގަނޑު މޮޑެލާށެވެ.

އޭގެ ފަހުން ފުށްގަނޑު ގުޅަ ކެނޑުމަށް ފަހު، ސަމޯސާ ހަދާނީ އެވެ. ދެން ފުށްގުޅައިން ބަޖިއާ ހަދާ ގޮތަށް ފިލިންގަނޑު އަޅާފައި ރީތީކޮށް ތެލުލާނީ އެވެ.

ޓޮމާޓޯ ކެޗަޕާ އެކު މިއީ މީރު ހެދިކާއަކަށް ވާނެ އެވެ.