Last Updated: February 14, 21:03
Friday, February 14, 2025
ޚަބަރު

އައްޑޫ މަގު ހެދުން: ވަށައިޖެހޭ ތަރައްގީގެ މިސާލެއް

އައްޑޫ ތަރައްޤީ ކުރުމުގެ ހުވަފެން ނުދައްކާ ވެރިއެއް ނާދެއެވެ. އެންމެންވެސް ދުލުކުރީ އައްޑޫ ތަރައްޤީކޮށް، ފަތުރުވެރިން ގެނެސް އައްޑޫއަށް ބޭނުންވާ ހަޤީޤީ ތަރައްޤީ ގެެނެސްދޭނެ ކަމުގެ ވަޢުދުވެއެވެ. ނަމަވެސް މިއިން އެއްވެސް ވަޢުދެއް ކަރުދާހުގެ ބޭރުން ބަޔަކު ނުދެކެއެވެ. ސަރުކާރުތަކުން މަސައްކަތް ކޮށް ނުދެނީވެސް ނޫނެވެ. ނަމަވެސް އެކަށީގެންވާ މަސައްކަތެއް ނުކުރެވެނީއެވެ. އައްޑޫގެ މަގު ހެދުންވެސް މިއޮތްހާ ދުވަހު ވެފައިވަނީ މިފަދަ ކަމަކަށެވެ.

އައްޑޫ ތަރައްޤީ ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ރިޔާސީ ވަޢުދެކެވެ. މިގޮތުން އައްޑޫ ތަރައްޤީގެ މަޝްރޫޢު ހަޤީގަތަކަށް ހެދުމަށް އެމަނިކުފާނުގެ ވިސްނުންފުޅު، ރައީސް ކަމަށް ވަޑައިގަތުމަށް ފަހު ފުރަތަމަ ހާމަކުރެއްވީ އޭރު މަޖިލީހުގެ އިންތިހާބަށް އައްޑޫއަށް ވަޑައިގެން 2019 ވަނަ އަހަރުއެވެ. އެދުވަހު މަރަދޫގައި ބޭއްވި ޖަލްސާގައި 5.3 ބިލިއަން ރުފިޔާގެ އައްޑޫ ތަރައްޤީ ކުރުމަށް ޚަރަދު ކުރައްވާނެ ކަން އިއުލާން ކުރެއްވިއެވެ. އެ ދުވަހު ވިދާޅުވީ އެންމެ 17 ކިލޯމީޓަރުގެ މަގު ހެދުމުގެ ވާހަކައެވެ.

ހިތަދޫގެ މަގެއް: ފޮޓޯ/ ސިޓީ އޮފް އައްޑޫ

އެކަމަކު އައްޑޫސިޓީއަކީ އިދާރީ 7 އަވަށެއްގެ މައްޗަށް ބެހިފައިވާ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެވެ. އެންމެ 17 ކިލޯމީޓަރުގެ މަގު ހަދައިގެން އައްޑޫ މަގު ހެދުނު ހެންވެސް ހީނުވާނެއެވެ. މިކަން ކުރުމަށް އެއަށް ވުރެ ފުޅާ ވިސްނުމެއް ގެންގުޅެން ޖެހޭކަން ރައީސްއަށް އައްޑޫ ރައްޔިތުން ވަނީ ސާފުކޮށްދީފައެވެ. މިކަން މީގެ ކުރީން މަގު ހެދުމުގެ މަސައްކަތް ކުރަން ކޮށްފައިވާ މަސައްކަތައް ބެލުމުން ފެންނާނެއެވެ.

ކުރީގެ ވެރިކަންތަކުގައި މަގު ހެދުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ!

އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މުހިންމު މަސައްކަތެއް އެންމެ ފުރަތަމަ ފެނިގެން ދިޔައީ ރައީސް މައުމޫންގެ ދައުރުގައި ލިންކް ރޯޑު ހެދި އިރުއެވެ. އެ މަގު ހަދާފައި އޮތްގޮތާއި އެހުރިހާ ކަމެއް ރައްޔިތުންނަށް ފެންނަން އެބައޮތެވެ. ދެން އައީ ރައީސް ނަޝީދުގެ ދައުރެވެ. ހިތަދޫގެ ބޮޑު މަގު ތާރުއެޅުމާއި، ގުޅިފައިވާ ރަތްތަކުގެ ބޮޑު މަގު ތާރުއަޅައި ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރެވުނެވެ.

ހިތަދޫ ބޮޑުމަގުގައި ބަޔަކު ދުއްވަނީ.

އޭގެ ފަހުން މަގު ހެދުމުގެ މަސައްކަތް ފަށަން އުޅޭ ރައީސް ވަހީދު ސަރުކާރަކު މަސައްކަތެއް ނުކުރެވެއެވެ. އޭގެ ގިނަ ސަބަބުތަކެއްވެސް ހުއްޓެވެ. ދެން އައީ ރައީސް ޔަމީންގެ ވެރިކަމެވެ. އެމަނިކުފާނުގެ ވެރިކަމުގެ ކުރީކޮޅު ހިތަދޫ މެދެއާރި މަގު ނުވަތަ ކައުންސިލް އިދާރާ މަގާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދާ މަގުގެ އިތުރުން ފޭދޫ ސްކޫލުގެ މަގުގެއް އެއްބައި ހެދިއެވެ.

ދެން އައީ އެމަނިކުފާނުގެ ތަރައްޤީގެ ޕްލޭނެވެ. ހަތަރު ފަހަރެއްގެ މަތިން ބަޖެޓުގައި ފައިސާ ހިމެނި ނަމަވެސް ރައީސް ޔާމީންގެ ދައުރު ނިމިގެން ދިޔައީ މަގު ހެދުމުގެ އިތުރު އެއްވެސް ޢަމަލީ މަސައްކަތެއް ނުފެށިއެވެ. މަގު ނުހެދުމުން ޝަކުވާ ކުރަމުން ދިޔަ ރައްޔިތުންނަށް އިތުރު މާޔޫސް ކަމެއް ވެސް ގެނެސް ދެމުންނެވެ. އައްޑޫގައި ހުރި މަގު ހެދުމަށް ގެނެސްފައިވާ ވެހިކަލްތައްވެސް ރަށުން ބޭރު ކުރިއެވެ.

އޭގެ ފަހުން 2018 ގެ އިންތިހާބަށް 45 ދުވަހަށް ވެފައި ވަނިކޮށް 11 މަގެއް ތާރުއަޅާނެ ނިންމައި އައްޑޫގައި ހުރި ހައުސިން މިނިސްޓްރީގެ ޑިޕާޓްމެންޓުން އިއުލާން ކުރިއެވެ. ދެން އޭގެ ފަހުން ކުރިކަމެއް ރައްޔިތުންނަށް އޮތީ ފެންނާށެވެ.

ހިތަދޫ މެދެ އާރި މަގުގައި 2014 ވަނަ އަހަރު ތާރު އެޅުމުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް

ރައީސް ޔާމީންގެ ދައުރުގައި މަގު ހެދުމުގެ ކަންކަން ކުރިއަށް ނުގޮސް، އެންމެ ފަހުން ހަދާފައިވާ ގުޅިފައިވާ ރައްތަކުގެ ބޮޑު މަގުވެސް ތާރުގަނޑު ކަނޑައި ނެގީއެވެ. ނަރުދަމާ އެޅުމަށް މަގު ހަލާކުކޮށްލިއިރު އެ މަގުތައް އަލުން ބޭނުން ކުރެވޭނެ ދުވަހެއް ނޭނގި ރައްޔިތުންވީ އިތުރަށް މާޔޫސްއެވެ.

މި ސަރުކާރުގެ މަގު ހެދުމުގެ މަޝްރޫޢު ފެށުނުއިރު މަގު ތަކުގެ ހާލަތު

ހިތަދޫ މަގެއްގައި ފެން ބޮޑުވެން އެމްއެންޑީއެފްއިން ފެން ހިއްކަނީ —

އައްޑޫގެ މަގުތަކުގެ ހާލަތަށް ބަލާނަމަ، އެކަން އެންމެ ރަނގަޅަށް ފެންނާނީ ވިއްސާރަ މޫސުމެއްގައެވެ. މަގަކަށް އުޅަނދެއް ވަންނައިރު އެމަގުގެ އަނެއް ފަރާތަށް އުޅަނދު ނުހުއްޓި ދެވޭނެ ކަމުގެ ޔަޤީންކަން ނޯވެއެވެ. ވަޅުގަނޑުތަކަށް ގިނަވެ، މީހުންނަށް އަނިޔާވެފައި އެބަހުއްޓެވެ. ރަނގަޅަށް ވިއްސާރަ ވެއްޖެނަމަ އެމްއެންޑީއެފް އިން ނުކުމެ ފެން ހިއްކަން ނުޖެހޭ ދުވަހެއް ނުވެއެވެ. ގެތަކަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނު އަހަރަކު އެއްފަހަރު ބަދަލު ކުރަން ނުޖެހޭ ފަހަރެއް ނާދައެވެ.

މިއީ އައްޑޫގެ މަގުތަކުގެ ހާލަތެވެ. ގުޅިފައިވާ ރައްތަކުގެ ތެރެއިން މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫ ބޮޑު މަގު އޮތީ ހަލާކުކޮށްލާފައެވެ. ވިއްސާރަ މޫސުމެއްގައި ރަށުތެރެއިން ދުއްވަން ބޭނުން ނުވެއެވެ. ސްކޫލަށް ކުދިން ގެންދަން އެތަކެއް ތަކުލީފެއް ބެލިނިވެރިންނަށް ކުރިމަތިވެއެވެ.

މިހެން މަގުތައް އޮންނައިރު، ވެރިއަކު އައްޑޫއަށް ވަޑައިގަންނަވާ ދުވަހު މޮޅު ކަމެއް ކުރެެއެވެ. އެއީ ވަޅުގަނޑު ހެދި ނުދުއްވޭ މަގުތަކަށް ވެލިއަޅައި ވެރި މީހާއަށް ރީތި މަންޒަރެއް ދެއްކުމަށް ކުރާ މަސައްކަތެވެ.

ރައީސް ސާލިޙްގެ ސަރުކާރުން މަގު ހެދުން

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން އައްޑޫގެ 109 ކިލޯމީޓަރު މަގު އެބަ ހަދައެވެ. ތާރު މެޝިނަށް ވަންނަން ފުޅާ މިން ނުލިބޭ މަގުތަކުގައި ގާ އަޅަނީއެވެ. އަދި އެނޫން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެބަ ކުރެއެވެ. ވަކި އަވަށެއްގެ ވަކި މަގެއް ނޫނެވެ. މީހުން ދިރިއުޅޭ ހުރިހާ އަވަށެއްގެ ގާތްގަނޑަކަށް ހުރިހާ މަގެކެވެ. ވަކި މަގެއް ދެވަނަ ދައުރެއްގައި ތަރައްޤީ ކުރުމަށް ދޫކޮށްލަނީ އެއް ނޫނެވެ.

އައްޑޫ މަގު ހެދުމުގެ މަޝްޜޫއު ރައީސް ފައްޓަވައި ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

އައްޑޫ މަގުހެދުމުގެ މަޝްރޫޢުގެ މި ސަރުކާރުން ފުރަތަމަ ހަވާލު ކުރި ޖީކޭޑީ ކުންފުންޏާއި ހަވާލުކުރީ އައްޑޫގެ ހަތް ކިލޯމީޓަރު މަގު ހެދުމަށާއި ގުޅިފައިވާ ރައްތަކުގެ ބޮޑު މަގު ރީސާފެސް ކުރުމަށެވެ. މިމަސައްކަތުގެ ތެރެއިން ރީސާފެސިން މަސައްކަތް ނިމިފައި އޮވެ، އެހެން މަސައްކަތް ނުފެށި ކޯވިޑު އެ ދެމެދަށް އައީއެވެ.

އޭގެ ފަހުން މިދިޔަ އަހަރު މާރިޗު 27 ވަނަ ދުވަހު އައްޑޫއަށް ވަޑައިގެން އައްޑޫ މަގު ހެދުމުގެ މައިގަނޑު މަސައްކަތްތައް އެފްކޮންސް ކުންފުންޏާއި ހަވާލުކޮށް، އެ މަސައްކަތް ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ފައްޓަވައި ދެއްވިއެވެ. އޭގެ ފަހުން ރާސްލާފައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ރައްޔިތުންގެ ޝަކުވާތައްވެސް އެބަހުއްޓެވެ. އެ ޝަކުވާތައްވެސް އަޑު އަހަން މިނިސްޓަރ އައްޑޫއަށް ވަޑައިގެން މަސައްކަތް ކުރެއްވިއެވެ.

މިހުރިހާ ކަމަކުންވެސް ފެންނަން އޮތީ އައްޑޫ މަގު ހެދުމަށް ރައީސް ސާލިޙްގެ ސަރުކާރުން ދީފައިވާ އަހަމީއްޔަތެވެ. ހަމަ ގައިމުވެސް މިއީ ސަރުކާރަކުން ރައްޖޭގެ ހިންގާ އެންމެ ބިޔަ އަދި ބޮޑު މަގު ހެދުމުގެ މަޝްރޫޢުއެވެ.