ރާއްޖޭގެ ކަނޑުތަކާ ގުޅޭ ދިރާސާތައް ހުއްދަ ނުހޯދައި ކުރިއަށް ގެންދިއުމަކީ މަނާ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ޤުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވާއިދު" އާ ޚިލާފަށް، މިނިސްޓްރީން ހުއްދަ ހޯދުމެއް ނެތި، ބައެއް ފަރާތްތަކުނ ކަނޑުގެ ސަރަޙައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާތައް ކުރަމުން ދާކަން މިނިސްޓްރީ ފާހަގަކުރެވިފައިބާ ކަމަށެވެ.
އެހެންވެ އެފަދަ ދިރާސާތައް ކުރުމަށް މިނިސްޓްރީއަށް ހުށަހަޅައިގެން ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. މިނިސްޓްރީން ހުއްދަ ލިބުމުގެ ކުރިން ބައެއް ފަރާތްތަކުން ދިރާސާ ގެ މަސައްކަތްތައް ފަށައި ކުރިއަށް ގެންދާކަން ފާހަގަވާ ކަމަށެވެ.
"ކަނޑުގެ ސަރަޙައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކުން، އެދިރާސާއެއް ކުރަން ފަށަން ގަސްތުކުރާ ތާރީޚުގެ މަދުވެގެން ފެ މަސްދުވަހުގެ ކުރިން ދިރާސާކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ. އަދި ޞައްޙަ ހުއްދައެއް ނެތި އެފަދަ ދިރާސާއެއް ނުވަތަ ތަހުލީލެއް ކުރުމަކީ މަނާކަމެކެވެ." މިނިސްޓްރީން ބުންޏެވެ.
އެފަދަ ހުއްދަތަކަށް ހާއްސަ ޕޯޓަލް marineresearchpermit.egov.mv މެދުވެރިކޮށް ހުއްދަ އަށް އެދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.