ރާއްޖޭގައި މިހާރު އަނެއްކާ ވެސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާންމުކުރި އެ ބަލީގެއެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް މިހާރު އެންމެ ބޮޑަށް އިތުރުވަމުން ދަނީ މާލެ ސަރަހައްދުގަ އެވެ. އެގޮތުން މި މަހުގެ މިހާތަނަށް މުޅި ރާއްޖެ އިން 84 މީހަކު ކޮވިޑަށް ޕޮޒިޓިވް އިރު، އޭގެ ތެރެއިން 73 މީހުންނަކީ މާލެ ސަރަހައްދުގެ މީހުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/CBAmT8Yu5G
— Health Protection Agency (@HPA_MV) April 10, 2023
މީގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްތަކުން 11 މީހަކު ވަނީ ޕޮޒިޓިވްވެފައިވާ އިރު، 17 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
މިދިޔަ މަހުގެ ފަހު ހަފުތާގައި ރާއްޖޭން ކޮވިޑަށް ޕޮޒިޓިވީ 39 މީހެކެވެ.
މި ބަލި މިހާތަނަަށް ރާއްޖޭގެ 185،894 މީހަކަށް ޖެހި، ބަލީގައި 311 މީހަކު މަރުވެފައިވެ އެވެ.